ޑރ މުހައްމަދު މުއިއްޒު
ހަބަރު
24 Aug 2023 | 10:22
މުއިއްޒުގެ ވެރިކަމެއްގައި މުޅި ރާއްޖޭގައި އިސްރަށްވެހިންގެ މަރުކަޒުތައް ގާއިމްކުރަނީ

އިސްރަށްވެހިންނަކީ މި ޤައުމު މިހާ ހިސާބަށް ގެނެސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެެއްވި ފަރާތްތައް ކަމަށާއި ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސް ރަށްވެހިންގެ މަރުޒަކުތައް ގާއުމުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އަބަދުވެސް ސަރުކާރުތަކުން ހަމައެކަނި ޒުވާނުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވެ ބައެއް ބޭބޭފުޅުންގެ ކަންބޮޑުވުން ލިބެމުން އަންނަ ކަމަށެވެ. 

ޒުވާނުން ބިނާކުރުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ އިސްރަށްވެހިން، ވުމާއެކު އެ އިސްރަށްވެހިން ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެންޖެހޭނެ 

ޑރ މުހައްމަދު މުއިއްޒު 

ވުމާއެކު ޒުވާނުންވެސް ބާކީ ނުވާނެހެން މުއިއްޒުގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސް ރަށްވެހިންގެ މަރުކަޒުތައް ގާއުމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެތަންތަން ތަރައްގީ ކުރާނީ މުނިފޫހި ފިލުވޭނެ ވަސީލަތްތައް ވެސް ހިމެނޭހެން އެކި ޚިދުމަތްތައްވެސް ލިބޭނެހެން ކަމުގައިއެވެ. އަދި މި މަރުކަޒުތައް ގާއިމް ކުރާނީ ހަމައެކަނި މާލޭގައި ނޫންކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަމުގައި މުއިއްޒުވަނީ ވިދާޅުވެފައެވެ.

މުއިއްޒު ދެއްވި ޔަގީން ކަމަކީ އޭނާގެ ވެރިކަމެއްގައި ޒުވާނުންގެ އިތުރުން އިސް ރަށްވެހިންނަށް އިސްކަން ދެއްވާނެކަމެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ށ އަތޮޅަށް ކުރަމުން ގެންދާ ދަތުރުތަކުގައި އެ އަތޮޅުން ބޮޑު ތަރުހީބެއް އެ ފަރާތްތަކަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް އަދި ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.