ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ހަބަރު
23 Aug 2023 | 14:03
މުއިއްޒު ފިޔަވާ އެހެން ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ މުސްތަގުބަލު ގެއްލުވައިލުމަށް ދެވޭ ވޯޓެއް : އަބްދުއްރަހީމް

ކުރިއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ފިޔަވާ އެހެން ކެންޑިޑޭޓަކަށް ދެވޭ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލު ގެއްލުވައިލުމަށް ދެވޭ ވޯޓެއް ކަމުގައިވެގެންދާނެ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެވެ. 

އަބްދުއްރަހީމު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ ކަނޑިތީމަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ވާހަކަ ފުޅުގައި ރާއްޖެ މިއަދު މި އޮތް ހާލަތު އިތުރަށް ދާއްކާވަރަށްވުރެ ތަފްސީލުކޮށް އެންމެނަށް މިހާރު އެނގޭކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. 

ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މުޅިންވެސް ދައްކަވަނީ އެހެން ބޭފުޅެއްގެ ސިޔާސަތުގެ ވާހަކަތައް ކަމަށާއި އެހެން ބޭފުޅެއް މިނިވަންކުރާ ވާހަކަކަމަށް ވިދާޅުވެ އެހެން ކެނޑިޑޭޓުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވައި އަބްދުރަހީމް ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރު ރައީސް ޔާމިނު ތަންފީޒުކުރެއްވި ސިޔާސަތު އެ ބޭފުޅުންވެސް ތަންފީޒުކުރެއްވި ނަމަ މިއަދު ރައްޔިތުން އެތިބި ހާލަތަށް ރައްޔިތުން ނުދިޔައީސް ކަމުގައެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ރަށަކަށް ވެސް ވަޑައިގަތުމުން އެ ރަށެއްގެ ރައްޔިތުން ނިކަމެތިވެފައި ތިިބި ކަމަށާއި ޒުވާނުން މަގުމަތިވެފައިވާކަމަށާއި، ޖީބުތައް ހުސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް އިވެމުންދާ ކަމުގައެވެ. 

އެކަމަކު މި ބޭފުޅުން އެބަ ވިދާޅުވޭ ރާއްޖޭގައި ފަގީރުކަން ނެތި ހިނގައްޖެއޭ، އަޅުގަނޑަކަށް ނޭނގެ މި ދެ ވާހަކަ ގުޅުވާނެ ގޮތެއް

އަބްދުއްރަހީމް 

އަބްދުއްރަހީމު އިތުރަށް ވިދާޅުވީ، ޑރ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމިނު ސިޔާސަތުތައް ތަންފީޒުކުރާނީ، ރައީސް ޔާމިނު ގައުމާ ދޭތެރޭ ގެންގުޅުއްވި ސިޔާސަތަކީ މުހިއްމު ސިޔާސަތަކަށްވާތީ ކަމުގައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުހައްމަދު މުއިއްޒާއި ކެމްޕެއިން ޓީމުން ށ ކަނޑިތީމަށް ވަޑައިގަތުމުން އެރަށުގެ ސަޕޯޓަރުންވަނީ އެ މަނިކުފާނާއި ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.