ރައީސް މުޙައްމަދު ނަޝީދު
23 Jun 2025
ދެ އަހަރު ފަހުން ނަޝީދު އަލުން އެމްޑީޕީއަށް، ޝުކުރުގެ ލިސްޓްގައި ސޯލިހްގެ ނަމެއް ނެތް
"ޕާޓީގެ ޗެއާޕާސަން އޮނަރަބަލް ފައްޔާޒް އިސްމާއީލްއާ އަދި ޕާޓީގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދު އަށާއި ގައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑަށް ތިކިޔުއްވި ހޫނު މަރުހަބަޔަށް ތިބަހައްޓަވާ ގާތް ކަމަށް ތިޔަ ބަހައްޓަވާ އެކުވެރިކަމަށް ދުވަހަކުވެސް ދުރުނުވާ ގުޅުމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން,"
23 Jun 2025
މުޅި ހަޔާތް ހޭދަކުރީ އެމްޑީޕީއަށްޓަކައި، ގެއަށް އެނބުރި އައުމުގެ އުފާ ލިބިއްޖެ: ނަޝީދު
"އަޅުގަނޑުމެން ނިކުމެ ކުރާ މަސައްކަތަކީ މާތް މަގްސަދެއްގައި ކުރާ މާތް މަސައްކަތެއް," ގިނަ ބަޔަކު ބައިވެރިވި ފޯރިގަދަ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
20 Jun 2025
ނަޝީދު ގުޅޭ ޖަލްސާ ބާއްވަން އެމްޑީޕީއަށް ސަލްޓަންޕާކު ދީފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
19 Jun 2025
ފައްޔާޒަށް ސަރުކާރުން ރައްދު ދީފި، އޮޅުވާނުލާ ރޫލް އޮފް ލޯ ދަމަހައްޓާ
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
19 Jun 2025
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ހަފްލާއެއް ބާއްވަން ތަނެއް ނުދިން ކަމަށް ބުނެ މުލިއާގެ ކަންމަތީ ހަފްލާ ބާއްވަނީ
މިހާރު ގަސްތު ކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫންގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބޭއްވުމަށް ކަމަށް ފަައްޔާޒު ވިދާޅުވި އެެވެ.
19 Jun 2025
ޑިމޮކްރެޓްސްގެ މެންބަރުންނަށް ރައީސް ޞާލިޙްގެ މަރުޙަބާ،
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ އެވެ.
19 Jun 2025
ނަޝީދު އެނބުރިވަޑައިގަތުމަށް ޝާހިދުއާ ފައްޔާޒު މަރުހަބާ ވިދާޅުވެއްޖެ
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއާ ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
18 Jun 2025
އެމްޑީޕީން، ނަޝީދާއި ޑިމޮކްރެޓްސްއަށް މަރުހަބާ ކިޔައިފި
އެމްޑީޕީއަކީ ޤައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ހަމަ ކޮންމެ ބަޔަކަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް. ރައީސް ނަޝީދާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާއެކު އެމްޑީޕީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ