28 Mar 2024
ރީޖަނަލް އެއާޕޯޓްސްއިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ހަދަނީ
ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.