ދީން
01 May 2025
ޖަމިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހުކޮށްފި، 63 ޢިލްމުވެރީން ހިމެނޭ
ސަލަފުގެ ދުޢާތުންގެ މަޖްލީހުގައި 63 އިލްމުވެރީން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ 10 އިލްމުވެރީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
01 May 2025
ދައުވަތުގެ މަސައްކަތުގައި އެންމެ ވިދާ ޚިދުމަތްތެރި ނަމަކީ ސަލަފުކަމާމެދު އެއްވެސް ޝައްކެއްނެތް: ވަޒީރު
"ހަގީގަތުގައި ވެސް ވޭތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނީ ތައުލީމު ފުޅާކޮށް ދީނީ ދައުވަތުގެ މަސައްކަތުގައި އެންމެ އަރާހުރި އަދި އެންމެ ވިދަމުންދާ އަދި އެންމެ ޚިދުމަތްތެރި ނަމަކީ ޖަމިއްޔަތުއް ސަލަފު ކަމާމެދު އެއްވެސް ޝައްކެއް ނެތް,"
01 May 2025
ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މާދަމާ، ދުއާތުންގެ މަޖްލީސް އިފްތިތާހު ކުރާނެ
އެ ހަފްލާ އޮންނާނީ މާދަމާ ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި ހަފްލާގައި ފަންސާހަކަށް ދީނީ އިލްމުވެރިން ބައިވެރި ވަޑައިގަންނަވާނެއެވެ.
29 Apr 2025
ހިތްވަރު ގަދަ ޝެއިހެެއް، އެކަމަކު މުޖްތަމައުން ކޮށް ދިނީ ކޮން ކަމެެއް؟
ދަރުސްތައް ދެނީ ޝައިޚްގެ ދަރިވަރެއް ގެންގޮސް އޭނާ ލައްވާ ޝައިޚަށް ފޮތް ކިޔާދީ، ދެން އެ އަޑުއެހި ބައިތައް ހިތަށް ނަގައިގެންނެވެ. އެ ހިތްވަރު ކޮށްގެން ވެސް އެ މަސައްކަތް ދޫކޮށް ނުލަ އެވެ.
27 Apr 2025
”ޘަޤާފަތުގެ ތެރެއިން ކުރަމުން އައި ކަންކަމަށްވުރެ، އިސްކަންދޭންވާނީ ދީނަށް“
ޘަޤާފަތުގެ ތެރެއިން ކުރަމުން އައި ކަމެއް ނަމަވެސް، ޝަރުޢީ އުސޫލުން ބަލާއިރު އެކަން މަނާވާނަމަ، ޘަޤާފަތަށްވުރެ ބޮޑަށް އިސްކަންދޭންވާނީ އިސްލާމް ދީނަށް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
27 Apr 2025
ޒުވާނުން މަގުފުރައްދާފައި ޤިޔާމަތްދުވަހުން ދޭނީ ކޮން ޖަވާބެއް؟
މުސްލިމުން ފާހަގަކުރަމުންދާ، މުސްލިމުންގެ ދެ ޢީދުގައި، ބާއްވަމުންދާ މިޔުޒިކް ޝޯވް ތަކަށް ހޭދަކުރާ ފަރާތްތަކުން ޤިޔާމަތް ދުވަހުން ކުރިމަތިލާން ޖެހިދާނެ ބިރުވެރިކަމާމެދު، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙުމަދު ސަމީރު، އިންޒާރުދެއްވައިފިއެވެ.
26 Apr 2025
"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފަށަައިފި
އެ ހަރަކާތުން "އީދު އުފާ އިމުގެތެރޭ" ނަމުގައި ޚާއްސަ ކެމްޕެއިނެއް ފެށީ އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ އިމުގެ ތެރޭގައި އެ ދީން ހުއްދަ ކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
25 Apr 2025
އަބުރަށް އަރައިގަނެ ފަޟީޙަތްކުރަން ތެދުވެއްޖެނަމަ މާތް الله އެމީހަކު ފަޟީހަތްކުރައްވާނެ
އަދި ﷲ އީ ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ރަސްކަލާނގެ ކަމަށާ ކުލުނުވެރީންނަށް ކުލުނުވެރި، ކެތްތެރިކަމަށް ލޯބިކުރައްވާ، މީހުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮ ގޮތް މެދުވެރިކުރައްވާ، ޢަދުލުވެރީން ދެކެ ލޯބިވެވޮޑިގެންވާ ޢަދުލުވެރި ރަސްކަލާނގެކަން ޝެއިހް ވަނީ ހުތުބާގައި ފާހަގަ ކުރައްވާފަ އެވެ.