ދީން
14 Mar 2025
ބަދުރު ހަނގުރާމައިން ލިބިދޭ މުހިންމު ފިލާވަޅުތައް
ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ހިނގައިދިޔަ ބަދުރު ހަނގުރާމައިން ގިނަގުނަ ފިލާވަޅުތަކެއް ލިބޭކަން ފާހަގަކޮށް އެ ދިލާވަޅުތަކަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފިއެވެ.
11 Mar 2025
ޝަރުޢީ އިލްމު ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ނުވަދޭ
މިފަދަ ވާހަކަތައް ނުދެއްކެވުމަށް ވަރަށް އިޚުލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވާ ކަމަށް ޝެއިހް ވިދާޅުވި އެވެ.
10 Mar 2025
ހައްގު މަގުގައި ސާބިތުވެ ހުރުމަށް، ރަނގަޅު މީހުންނާއެކު އުޅުން މުހިންމު
ހައްގު މަގުގައި ސާބިތުވެ ހުރުމަށް، ރަނގަޅު މީހުންނާއެކު އުޅުމަކީ އެންމެ މުހިންމު އެއް ކަންތައްކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
07 Mar 2025
ބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަރައިގަނެވޭ ބޮޑު ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުން
މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
07 Mar 2025
ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު
އޭނާގެ ކޯތާފަތް ވަނީ ހިކި، ވަޅުޖެހިފައެވެ. އަދި ހަންގަނޑު ވަނީ ކަށިތަކާ ތަތްވެ ހިފެހެއްޓިފައެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އޭނާ ހެޔޮ ޢަމަލު ކުރުމަށް އޮތް ހުރަހަކަށް ނުވިއެވެ. އޭނާ ޤުރުއާން ކިޔަވަން އިންދާ ނުފެންނަ ވަގުތެއް މަދުވާނެއެވެ. ގިނަ ވަގުތު ހޭދަ ކުރަނީ ބައްޕަ އޭނާއަށް ހަދައިދީފައިވާ ނަމާދު ކޮޓަރީގެ ތެރޭގައެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ދުޢާ ކުރުމުގައެވެ. އެއީ ފަތިހުން ފެށިގެން އިރުއޮއްސެންދެން އޭނާގެ ޢަމަލުތައް ހުންނަ ގޮތެވެ. ފޫހިވުމަކީ އޭނާގެ ތަބީޢަތުގައި ނެތް ކަމެއް ފަދައެވެ.
02 Mar 2025
ޝެއިހަށް ސުވާލެެއް: ރޯދައަށް ހުއްޓާ ހަނދާން ނެތިގެން ދެތަށި ފެން ބޮވިއްޖެ، ރޯދަ ގެއްލޭނެތަ!
ރޯދައަށް ހުންނަ ހުރުމުގައި ބައެއް ފަހަރު ހަނދާން ނެތިގެން އެއްޗެއް ކެވޭ ގޮތް ވެ އެވެ. ނުވަތަ އެއްޗެއް ބޮވޭ ގޮތް ވެދާނެ އެވެ.
28 Feb 2025
ހާސިބޫ: އަޅުކަންތައް ހިސާބުކޮށް، ވަޒަންކޮށްލުމަށް ޚާއްސަ އެޕެއް
ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމަލުތައް ހިސާބުކޮށް ވަޒަންކުރުމަށް ފަސޭހަ ގޮތެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި "ހާސިބޫ" ގެ ނަމުގައި އައު މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރެވިއްޖެއެވެ.
28 Feb 2025
ނެތިމޮށޭނަމަ، އެ މީހަކަށް ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެ: ޚުތުބާ
ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ ޢަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.