11 Oct 2024
ބަންގިގޮވާމީހާއާއި ބަންގިއަށް އިޖާބަދޭމީހާގެ މާތްކަން
ފަރުޟުނަމާދުތަކުގެ ވަގުތު ވަނުމުން ގޮވާލެވޭ ބަންގިއަކީ މާތް މަތިވެރި ކަލިމަތެއް ހިމެނިގެންވާ ގޮވާލުމެކެވެ. މުސްލިމުތަކުންނަށްވާ ހަނދާކޮށްދިނުމެކެވެ. މާތް ﷲ ގެ ހައިބަވަންތަކަމުގެ ބޮޑުކަމާއި އެކަލާނގެ މަތިވެރިކުރުން އެ ގޮވާލުމުގައި ހިމެނެއެވެ. ޝަހާދަތުގެ ދެ ކަލިމައަށް ތަކުރާރުކޮށް ހެކިވުމާއި، އެންމެ ހެޔޮވެގެންވާ ހެޔޮޢަމަލުކަމުގައިވާ ނަމާދަށް އައުމަށް ހަނދުމަކޮށްދެވެއެވެ.