ދީން
08 Nov 2024
ޙައްޤަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމް
ދެމަފިރިންގެ މެދުގައި އުފެދޭ އަރައިރުން ވަރިއާ ހަމައަށް ދިއުމުގެ ކުރިން ޙައްލުކުރާނެ ގޮތެއް ބަލަންޖެހޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
07 Nov 2024
މުވައްޒަފުންނަށް ނަމާދު ކުރުން މަނާކުރާނަމަ ދެދުނިޔޭގައިވެސް އަޒާބު ލިބޭނެ
ތިމާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށް الله މަތިން ހަނދުމަކޮށް ނަމާދު ކުރުން މަނާ ކުރާ ވެރިން އެ އެކުރަނީ ވަރަށް ނުބައިވެގެންވާ ކަމެއް ކަމަށާ އެމީހަކަށް ދެދުނިޔޭގައި އެކަމުގެ އަޒާބު ލިބޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.
03 Nov 2024
ބަންގީގެ އަޑު އިވޭއިރު ވެސް ވައްކަން ކުރާ މީހާ ވައްކަންކުރަނީ: ޑރ. ޝަމީމް
އަޅުގަނޑުމެންގެ ތެރޭގައި ބަންގީގެ ކަލިމަތަކާމެދު ފުންކޮށް ވިސްނާ މީހުން މަދު ކަމަށާ، ބަންގި ގޮވަމުން ދާއިރުވެސް ފާފަތަކަށް އަރައިގަންނަމީހުން އެކަމުގައި އުޅެމުންދާ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
03 Nov 2024
اللهއަށް ބިރުވެތި ނުވުމުން ހަލާކުވެގެންދިޔަ ގައުމުތަކުގެ ވާހަކަ
މާތް الله އާއި އެކަލާނގެ ރަސޫލުންގެ ބަސްފުޅުތަކަށް ފުރަގަސްދީ، މާތް الله އަށް ބިރުވެތި ވުމެއްނެތި ފާފަތަކަށް އަރައިގަންނަމުންދިޔަ ޤައުމުތަކުގެ މީހުން ނެތި ކުރެއްވި ގޮތުގެ ވާހަކަތައް ކިޔައި ދެއްވައި، އެކަންކަމުން ޢިބުރަތް ޙާސިލް ކުރުމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ގޮވާލައްވައިފިއެވެ.
01 Nov 2024
ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް: ޚުތުބާ
ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށް ބުނެ، ހެޔޮ ބަހެއް ނޫނީ ނުބުނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭހަތްތެރި ވެއްޖެއެވެ.
30 Oct 2024
ރީތީގެ މުބާރާތުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް: ޝެއިޚް އަބްދުއްސަލާމް
ރީތީގެ މުބާރާތް ތަކުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް ކަމަށާ، އެކަންކަން ހުއްޓުވެން އޮތް ހުރިހާ ފަރާތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.
25 Oct 2024
ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުން ގިނަ: ޚުތުބާ
ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށާ، މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަމަށް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
18 Oct 2024
ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އެކަންދަނީ ފަތުރަމުން: ޚުތުބާ
މިއަދު ބައެއް ޤައުމުތަކުގައި ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އެކަން ފަތުރަމުންދާ ކަމަށާ، އެފަދައިން އިބިލީހުގެ އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.