02 Jun 2024
1000 ދީނާރު ހޮވި ފަޤީރު މީހާގެ ވާހަކަ
"ތަފްސީރުއް ޠަބަރީ" ގެ ނަމުން މަޝްހޫރުވެގެންވާ ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތް އެކުލަވާލެއްވި އިބްނު ޖަރީރުއް ޠަބަރީ رَحِمَهُ اللهُ ބަޔާންކޮށްދެއްވާފައިވާ ޙާދިސާއެއް އިބްނުލް ޖައުޒީ "ޞަފްވަތުއް ޞަފްވާ" އޭ ކިޔުނު ފޮތުގައި ގެންނަވާފައިވެއެވެ. މި ޙާދިސާ ހިނގާފައި ވަނީ ހިޖުރީގޮތުން 3 ވަނަ ޤަރުނުގެ ތެރޭގައެވެ.
31 May 2024
ސިހުރުވެރިއެއްގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކާފިރުވާނެ: ޚުތުބާ
ސިހުރު ހަދާ މީހެއްގެ ގާތަށްގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ ޞޢވގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
24 May 2024
އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ
މާތް الله ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށއ މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
17 May 2024
ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ހަނގުރާމަ ކުރައްވާނެ ކަމަށް އަބޫބަކުރުގެފާނު ވިދާޅުވި
ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ހަނގުރާމަ ކުރައްވާނެ ކަމަށް މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަالله ޢަންހު ވިދާޅުވެފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
11 May 2024
ރަސޫލާއަށް ގެއްލުންދިނުމަށްޓަކައި ޝައިޠާނުން އައި ހާދިސާތައް
ޖިންނީންގެ ތެރެއިންވާ ޝައިޠާނުންނަކީ އާދަމްގެދަރިންދެކެ އިންތިހާއަށް ޙަސަދަވެރިވާ، ފާޅުވެ ބަޔާންވެގެންވާ ޢަދާވާތްތެރިންނެވެ. ޚާއްޞަގޮތެއްގައި އާދަމްގެދަރިންގެ ތެރެއިންވާ ހެޔޮލަފާ ރަނގަޅު ދަރިންނަށެވެ. ވަސްވާސްދިނުމުގެ އިތުރަށް އެބައިމީހުންނަށް ވީގޮތަކުން ގެއްލުން ދިނުމަށްޓަކައި މަސައްކަތް ކުރެއެވެ. މިގޮތުން؛ އާދަމްގެދަރިންކުރެ އެންމެ ހެޔޮ، އެންމެ މާތް އިންސާނާކަމުގައިވާ އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِوَسَلَّمَ އަށް ގެއްލުން ދިނުމަށްޓަކައި އެކިފަހަރު މަތިން ޝައިޠާނުން މަސައްކަތްކޮށްފައިވެއެވެ.
10 May 2024
ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ލައްވާފައިވާ ކަމެއް
ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި الله تَعَالَىލައްވާފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
03 May 2024
ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރުމުގެ، ސަބަބުން އާއިލާތައް ބިކަވޭ
ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާ ކަމަށާ އޭގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމްވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Apr 2024
ޒަކާތަކީ އޭގެ ހައްގުވެރިންނަށް އަދާކުރަންޖެހޭ ހައްގެއް
ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫން ކަމަށާ އެހެނެއް ކަމަކު އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.