23 Jun 2023
ހަގީގީ ވާހަކަ: ފަގީރު އާއިލާއެއް ތަނަވަސްވެގެން ދިޔަގޮތް
އެއްޒަމާނެއްގައި ޙާތިމުލް އަޞަމް ކިޔުނު ވަރަށް ތަގުވާވެރި އަދި ދީންވެރި ބޭފުޅެއް އުޅުއްވިއެވެ. އެކަލޭގެފާނަކީ ދަރިން ގިނަ އެހެން ނަމަވެސް ފަގީރު ބޭފުޅެކެވެ. އެހެންކަމުން، އުމުރުގެ އެ ވީހާތަނަށް އައި އިރުވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެއް ނުވެއެވެ.