އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) -- ފޮޓޯ: ދާރިސް ޓީވީ
ރިޕޯޓް
29 Apr 2025 | 19:53
ހިތްވަރު ގަދަ ޝެއިހެެއް، އެކަމަކު މުޖްތަމައުން ކޮށް ދިނީ ކޮން ކަމެެއް؟

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި އިލްމުވެރީން ކުރަމުން ގެންދަނީ ބުރަ މަސައްކަތްތަކެކެވެ. ތައުރީފު ހައްގު މަސައްކަތްތަކެވެ. ބައެއް އިލްމުވެރީން, އެ ބޭފުޅުންގެ ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވަނީ ދައުވަތު ފެތުރުމުގަ އެވެ. އާންމުންނަށް ނޭންގޭ ކަންކަން އޮޅުންފިިލުވައި ދިނުމުގަ އެވެ. އާންމުން ފޮނުވާ އެކި ސުވާލުތަކަށް ޖަވާބު ދިނުމުގަ އެވެ.

އެފަދަ އެއް ބޭފުޅަކީ އައްޝައިޚް މުހައްމަދު އިބްރާހީމް (ނައިފަރީ) އެވެ. އެއީ އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ. ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް ބަދަލުވީ ނަމަވެސް ދައުވަތުގެ މައިދާނުގައި ސާބިތުވެ ހުންނެވި ހިތްވަރު ގަދަ އިލްމުވެރި އެކެވެ.

ދާދި ފަހަކާ ޖެހެން ޝެއިހް މުހައްމަދު އިބްރާހިމަކީ ނައިފަރުގެ ފަހުރު ކަމުގައިވި މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސެކެވެ.  އެ ވަޒީފާގައި 17 ވަރަކަށް އަހަރު ހޭދަ ކުރެއްވި އެވެ. ނަމަވެސް ޝެއިހްގެ ލޮލަށް ސިއްހީ މައްސަލަތަކެއް ދިމާވެ ދެ ލޮލުގެ ފެނުން ގެއްލުނެވެ.

އެހެން ކަމުން ވަޒީފާއާ ދުރަށް ދިއުމަށް މަޖުބޫރުވި އެވެ. ލޮލުގެ ފަރުވާއަށް މިދިޔަ ދެ އަހަރު ޝެއިހް ހުންނެވީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއާ ދުރުގަ އެވެ.

ނަމަވެސް ޝެއިހްގެ އިލްމީ މަސައްކަތަށް ވީ މިންވަރަކުން ވަގުތު ދެއްވަ އެވެ. ރަށުގައި ހުންނަނަމަ ކޮންމެ ހަފްތާއަކު އެންމެނަށް ބައިވެރިވެވޭނެ ހެން ކުރިއަށް ގެންދާ "މަގޭ ސުވަލަކީ" ޕްރަގްރާމްގައި ބައިވެރިވެ އެވެ. ދީނީ އެކި މައުލޫމާތުތައް ހިއްސާކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެ އެވެ.

ވަރަށް ގިނަ ބަޔަކު އެ ޕްރަގްރާމަށް އިންތިޒާރު ކުރެ އެވެ. ތަފާތު އެކި ސުވާލުތައް ފޮނުވަ އެވެ. އަދި ދަރުސްތައް ވެސް ކުރިއަސް ގެންދެ އެވެ.

ދަރުސްތައް ދެނީ ޝައިޚްގެ ދަރިވަރެއް ގެންގޮސް އޭނާ ލައްވާ ޝައިޚަށް ފޮތް ކިޔާދީ، ދެން އެ އަޑުއެހި ބައިތައް ހިތަށް ނަގައިގެންނެވެ. އެ ހިތްވަރު ކޮށްގެން ވެސް އެ މަސައްކަތް ދޫކޮށް ނުލަ އެވެ.

އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) -- ފޮޓޯ: ދާރިސް ޓީވީ

ޝައިޚް މުހައްމަދު އިބްރާހީމް, ދީނީގޮތުން މުޖްތަމައު ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތައް ގިނަގުނަ އެވެ. ދެއްވާފައިވާ ދަރުސްތައް އެހާ ގިނަ އެވެ. ލިޔުއްވާފައިވާ ފޮތްތައް ވެސް އެހާމެ ގިނައެވެ.

ނަމަވެސް ޝެއިހަށް އެންމެ އެހީތެރިކަން ބޭނުންވީ ވަގުތު ދައުލަތުގެ މުއައްސަސާތަކުން އަގު ވަޒަން ނުކުރުމާއި އެހީތެރިވެ ނުދިނުމުގެ ޝަކުވާ ޝެއިހްގެ ދަރިވަރުންނާއި ޝެއިހްގެ އިލްމީ މަސައްކަތުން ފައިދާ ލިބުނު އެތައް ބަޔަކު ދަނީ ކުރަމުންނެވެ.

އެ މީހުން ދެކޭ ގޮތުގައި ޝެއިހާމެދު ކަންތައްތައް ވަމުންދާ ގޮތަކީ ތައުލީމީ ދާއިރާއިން މުދައްރިސުންގެ އަގު ވަޒަން ނުކުރާ ކަމުގެ ހެތްކެކެވެ. އެނގިފައިވާ ގޮތުގައި ޝެއިހަށް ވަޒީފާއަށް ނިކުތުމަށް މިހާރު އޮތީ ފަހުގެ ފުރުސަތު ދީފަ އެވެ. އެއީ އޯގަސްޓް މަހުގެ ނިޔަލަށެވެ. އެ ހިސާބުން މުސާރަނެތް ވަޒީފާ ވެސް ގެއްލޭނެ އެވެ.

ޝެއިހަށް ކުރިމަތިވެފައިވާ ހާލަތުން އިސްލާމީ ވުޒާރާއިން މި އިލްމުވެރިޔާގެ އަގު ވަޒަންނުކުރާ ކަން ހާމަވާ ކަމަށް ވެސް އެ މީހުން ދެކެ އެވެ. ޝެއިހަށް ކުރިމަތިވި ހާލަތާއި ގުޅިގެން މީގެ ކުރީން ވެސް އިލްމުވެރީން އެ ވާހަކަ ދައްކާފައިވެ އެވެ. އެ ވާހަކަތަކާއި ގުޅިގެން އުޖާުރައެއް ލިބޭ ގޮތަށް ވާއިޒެެއްގެ މަގާމު ދެއްވާނެ ކަމަށް ބޭފުޅަކު ވިދާޅުވިތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އެކަން އަދި ހަމަޖެހިފަ އެއް ނުވެ އެވެ.

"މިފަދަ ކަމެއްގައި ތައުލީމީ ވުޒާރާއަކުން ވެސް އިސްލާމީ ވުޒާރާއަކުން ވެސް ކުރެވޭނެ ކަމެއް ނެތުމީ އަހަރެން މިއަދު ލަދު ގަންނަ ކަމެވެ. އާރާއި ބާރު ދެއްވި ދުވަހު، މިފަދަ ފަރާތްތަކުގެ އަގު ވަޒަންކުރެވޭނެ ގޮތެއްވުމީ އަހަރެންކުރާ އުންމީދެކެވެ," ކަންބޮޑުވުން ފާޅުކޮށް މީހަކު ލިޔެފައިވެ އެވެ.

އެ މީހުން ބުނާ ގޮތުން ކަންކަން ދިމާވެފައިވާ ގޮތާމެދު ދުވަހަކު ވެސް ޝެއިހް ޝަކުވާއެއް ކުރެއްވި އަޑެއް ނާހަ އެވެ. އެކަމަކު އެ މީހުން އެ ޝަކުވާ ކުރަން ބޭނުމެވެ. 

އެ ވާހަކަތައް ހިއްސާކޮށް އާންމުކޮށްފައިވާ ޕޯސްޓްތައް ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ. އެ މީހުން އުންމީދު ކުރަނީ ދައުވަތުގެ މައިދާނުަގައި ޝެއިހް އެ ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ. 

ކޮމެންޓް
ނާހިދާ
މާތްﷲ ޝައިޚް ގެ ދެ ދުނިޔެ ބާއްޖަވެރި ކުރައްވާނދޭވެ. އާމީން
29 Apr 2025
ބަޗީ
އިސްލާމްދީނަށާއި ދިވެހި ގައުމަށާއި ދައުލަތަށް އަގުނުކުރެވޭ ވަރުގެ ބައެއް ޚިދުމަތްތެރިންނަށް ތެޔޮހަމެއް ދީފައި ގައްދާރުންނަށް ބަޖެޓު ހިތަކަށް ދިނުމީ މިގައުމުގެ ސަގާފަތެއް.
29 Apr 2025
އެދުރު ބެ
އިސްލާމިކް މިނިސްޓްރީ އިން ޝެއިޚްގެ އަގު ވަޒަންކުރަންޖެހޭ. އެތަނުގައި މިހާރު ވަޒީފާ ދީފަ ތިބި ސިޔާސީ ބައެއް މީހުންނަށް ވުރެ މާބޮޑަށް ވެސް ޝެއިޚްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދީނީ ގޮތުން ލިބެމުންދާ ފައިދާ މާބޮޑު
29 Apr 2025
ވާނުވާ.
ކޮބާ ލިޔުއްވި ފޮތްތަކުގެ ވާހަކަ؟ ޝައިޚުގެ ބައިވަރު ބޮޑެތި ޕީޑީއެފް ފޮތްތައް ހިލޭ ލިބެންހުރެ.
29 Apr 2025
ޟުހާ
ޝައިހުގެ ދަރިވަރުން ވެސް އެއްޗެއް ދިއްކޮށްލަން ރަނގަޅުތާ!
29 Apr 2025
ސިޔާސީ ވައުދު
ބައެއް "ބޭފުޅުން" އެކަހަލަ ވާހަކަފުޅު ދައްކަވަނީ ކޮންމެހެން އެކަން ކުރައްވާކަށް ނޫން. މީހުންގެ އަތްތިލަބަޑީގެ އަޑުއަހަން. އެ ޝައިޚަށް ވަޒީފާ ހޯއްދަވައިދެއްވަން ވައުދު ވީމާވެސް ތައުރީފުކޮށް އަތްޖެހި ބަޔަކު އުޅޭނެތާ.
29 Apr 2025
Mohamed Shifaz
މާތްﷲ ޝައިޚް ގެ ދެ ދުނިޔެ ބާއްޖަވެރި ކުރައްވާނދޭވެ. އާމީން
29 Apr 2025
ޝިޒް
ޝޭޚަށް ހަމްދަރުދީގެ އަތެއް ދިއް ކޮށްލާނެ މުޖުތަމައެެއް ނެތް. ބޮޑެތި ފާހިޝް ޢަމަލް ހިންގާ ފަރާތްތަކުގެ ހިމާޔަތުގައި މުޅި މުޖުތަމަޢު ..... ކޮބާ ސަރުކާރު؟ ކީކޭ މިކިޔަނީ؟
30 Apr 2025
ދިވެއްސެެއް
ޝައިޙްގެ ދީނީ ނަސޭހަތްތަކުން އަޅުގަނޑަށް ވަރަށް ގިނަ މައުލޫމާތު ދަނީ ލިބެމުން.. ޝައިޙްގެ ލޮލަށް ޝިފާދެއްވުމަށާއި ހެޔޮރަހުމަތް ލެއްވުން އެދި ދުއާކުރުން މަތީ ދެމިހުންނާނަން މާތް ރަސްކަލާނގެ އިރާދަފުޅާއެކު.
30 Apr 2025
މީހާ
ވޮއިސް މވ އިން މިކަހަލަ ރިޕޯޓު ލިޔުމްގައި ސާބިތުކަން ދެއްވާންދޭ،ސުކުރަން
30 Apr 2025
ލލ
ދިވެހިން މީހާ ހާލުގައި ޖެހޭ ދުވަހު ރަގަޅު މީހަކަށް އަޅައެއްނުލާނެ، ޕާޓޭ އަކު މަގުމައްޗަށް ވެއްޓޭއިރަށް ހަޅޭލަވަން ނިކުންނާނެ !
30 Apr 2025
އަހުމަދު
ވ ރަނގަޅު ވާހަކަ އެއް. ޙިއުމަން ރައިޓްސް ކިޔާ ބަޔަކު ވެސް ލޮލަށް ނިދިވެސް ނާއްނާނެ ހަކުރު ބޮއެގެން އުޅޭ މީހަކު ހައްޔަރު ކޮއްފިއްޔާމު. ސަރުކާރުން ވެސް ޖެހޭނެ މިފަދަ އިލްމު ވެރިންނަށް ފައިސާގެ އެހީއެއްވާން.
30 Apr 2025
ީނޫރް
ޒަކާތު ފަންޑުން އެހީ ދޭންވީ މިފަދަ ފަރާތްތަކަށް.. ދެން މިޤައުމުގަ އުޅޭ ޓިކްޓޮކް ހެލްޕާރސް އަށްވެސް މިކަހަލަ ރަނގަޅުމީހުން ނުފެންނާނެ.. އެހީ ފޯރު ކޮށްދޭކަށްވެސް..
01 May 2025
ގުޅޭ ލިޔުންތައް
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.