އުޟްޙިޔާ ކަތިލާން ބޭނުންވާ މީހުންނަށް ރަނގަޅު ފުރުސަތެއް ޤުރުބާން އެމްވީން ވަނީ ފަހިކޮށްދީފައި
ހަބަރު
07 May 2025 | 20:03
އުޟްޙިޔާ ކަތިލަން ފަހި ފުރުސަތެއް: ބަހާނީ މިސްރުގައި ދިރިއުޅޭ ފަލަސްޠީނުގެ އާއިލާތަކަށް

އުޟްޙިޔާ ކަތިލާން ބޭނުންވާ މީހުންނަށް ރަނގަޅު ފުރުސަތެއް ޤުރުބާން އެމްވީން ފަހިކޮށްދީފި އެވެ.

އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އުޟްޙިޔާގެ ނަމުގައި ކުކުޅު ކަތިލާ ހަދައެވެ. އެހެނަސް އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަހީމަތުލް އަންޢާމްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ނުވަތަ ނަޢަމް ޞޫފީގެ ބާވަތް ތަކެވެ. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ގެރި، ބަކަރި، ކަންބަޅި ބަކަރި އަދި ޖަމަލެވެ. އެހެންވީމާ، މުސަޅެއް ކަތިލިޔަސް، އަދި އަހެއް ކަތިލިޔަސް، ނުވަތަ ކުކުޅެއް ކަތިލިޔަސްވެސް އުޟްޙިޔާ އަކަށް ނުފުދޭނެއެވެ.

މިއިން އެއްޗެއް ރާއްޖެއިން ހޯދުމަކީ ފަސޭ ހަކަމެއް ނޫނެވެ. ރާއްޖެއިން ލިބުނަސް ކިރިޔާވެސް ލިބެނީ ބަކަރިއެކެވެ. ގަންނަން ބަލާއިރު ރާއްޖެއިން ބަކަރިއެއް ލިބެނީވެސް ވަރަށް ބޮޑު އަގުގަ އެވެ. ގާތްގަނޑަކަށް 5000 އާއި 6500 ދެމެދު އަގަކަށެވެ.

އެހެން ނަމަވެސް މިއޮތީ ވަރަށް ފަހި ފުރުސަތެކެވެ. ޤުރުބާން އެމްވީ އިން ވަނީ މިއަހަރުގެ އަޟްޙާ ޢީދުގައި އުޟްޙިޔާ ކަތިލަން ބޭނުންވާ ފަރާތްތަކުގެ އޯޑާ ނަގަން ފަށާފައެވެ. އަދި އުޟްޙިޔާ މަސް ބެހުމަށް ހަމަޖެހިފައިވަނީ މިސްރުގަ ދިރިއުޅޭ ފަލަސްޠީނުގެ އާއިލާތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ޤުރުބާން އެމްވީއިން މިއަހަރުގެ އަޟްޙާ ޢީދުގައި ގެރި، ޖަމަލު، ބަކަރި އަދި ކަންބަޅިވެސް އުޟްޙިޔާގެ ގޮތުގައި ކަތިލައިދެއެވެ. މީގެ އިތުރުން ޖަމަލު އަދި ގެރި ޝެއަރކޮށް ކަތިލުމުގެ ފުރުސަތުވެސް ޤުރުބާން އެމްވީއިން ދެއެވެ.

ޤުރުބާން އެމްވީން އުޟްޙިޔާ ކަތިލައިދޭ އަގުތައް 

ޤުރުބާން އެމްވީއިން ވަނީ ފަސޭހަކަމާއެކު އުޟްޙިޔާ އަދި އަޤީޤާ އޯޑާ ކޮށްލުމަށް ޤުރުބާން އެމްވީގެ ވެބްސައިޓު ވެސް ލޯންޗު ކޮށްފަ އެވެ. ޤުރުބާން އެމްވީގެ ވެބްސައިޓަކީ https://qurbaanmv.com އެވެ. މީގެ އިތުރުން ޤުރުބާން އެމްވީގެ ނަމްބަރު 9984111 އަށް ގުޅުއްވައިގެން ނުވަތަ ވައިބާ ކުރައްވައިގެންވެސް އޯޑާ ކުރެވޭނެ އެވެ.

އުޟްޙިޔާއަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ.

އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ. އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްތޯ ނުވަތަ ދޫކޮށްލުން ހެޔޮނުވާވަރުގެ ވާޖިބު ކަމެއްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ. ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. މަރުވެފައިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ އެހެން މުސްލިމެއްގެ މަތިން އުޟްޙިޔާ ކަތިލުމަކީ ހުއްދަކަމެކެވެ. އެކަން ވެގެން ދާނީ އެމީހުންގެ މަތިން ކުރެވޭ ޞަދަޤާތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.