ސްރީލަންކާ
26 Apr 2024
މޯލްޑިވިއަނުން ރާއްޖެއާއި ލަންކާއާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީ ލަންކާގެ ކޮލަމްބޯގެ ބަންޑާރަ ނައިކް އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.
23 Apr 2024
ސްރީލަންކާގެ އެޕެކްސް އެޑް މަރުކަޒުން އަސްލުނޫން ސެޓިފިކެޓެއް ދޫކުރަމުން ދާކަމަށް އެމްކިއުއޭ އިން ބުނެފި
މިއަދު އެމްކިއުއޭއިން ނެރުނު ބަޔާނުގައި ވަނީ އެޕެކްސް އެޑް އާ ގުޅޭގޮތުން އެ އޮތާރިޓީއަށް ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. އަދި އެޕެކްސް އެޑް މަރުކަޒުގެ ކޯސްތަކުގައި އެމްކިއުއޭއިން ހުއްދަ ދީފައިވާކަމަށް ބުނެ އިސްތިހާރު ކޮށްފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.
28 Feb 2024
އެއަރ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލަން ލުޔެއް
މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރުގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.
21 Feb 2024
ލަންކާގައި އަޝްމަލީ ގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި!
އަވައްޓެރި ސްރީލަންކާގައި އެގައުމުގެ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ލައްވައި ގަދަކަމުން ހަށިވިއްކުވި މައްސަލައިގެ ތުހުމަތުގައި ގާތްގަނޑަކަށް މީގެ ތިން އަހަރުކުރިން ހައްޔަރުކުރި، ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ދޫކޮށްލައިފިއެވެ.
04 Feb 2024
ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ސްރީލަންކާގެ 76 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ މެސެޖް ރައީސް ޑރ.މުއިއްޒު އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައަށާއި، ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ފޮނުއްވައިފިއެވެ.
30 Jan 2024
ލަންކާގައި އުފައްދާ ޕެނަޑޯލްގެ ވައްތަރެއް ނުވިއްކަން އަންގައިފި
ޕެނަޑޯލްގެ ވަކި ވައްތަރެއްގެ ބޭސްގުޅަތަކެއްގެ ކޮލިޓީ އާއި ގުޅޭގޮތުން ތަހުލީލުތަކެއް ކުރަމުންދާތީ، އެ ބޭސް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
03 Jan 2024
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި
ލަންކާގެ ސަރުކާރުން މިހާރު ޑްރަގާއި ދެކޮޅަށް ފަށާފައިވާ ޚާއްޞަ ބޮޑު އޮޕްރޭޝަނުގައި މިހާތަނަށް ވަރަށް ގިނަ ބަޔަކު ހައްޔަރުކޮށްފިކަމަށް ލަންކާގެ މީޑިޔާތަކުން ހާމަކޮށްފިއެވެ.
18 Nov 2023
ރައީސް ޑރ މުޢިއްޒަށް ސްރީލަންކާއަށް ވަޑައިގަތުމަށް ދަޢުވަތުއަރުވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ވަޑައިގަތުމަށް އެޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންހް ދައުވަތު ދެއްވައިފިއެވެ.