ސްރީލަންކާ
04 May 2026
ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި އެވެ.
04 May 2026
ލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނަ އެމްޕީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
04 May 2026
ލަންކާގެ ބޮޑުވަޒީރު، ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ޤައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތާރީފުކުރައްވާފަ އެވެ.
04 May 2026
ރާއްޖެއާއި ލަންކާއާ ދެމެދު ރަަސްމީ މަޝްވަރާތައް ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް މިއަދު ވަނީ ބާއްވަވައިފިއެވެ.
04 May 2026
ރާއްޖެ އާއި ލަންކާއާ ދެމެދު 7 އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
04 May 2026
ރައީސްއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ސްރީލަންކާ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.
04 May 2026
ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސް މުއިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ މިނިސްޓަރ ވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު އޮތް ޒަމާންވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙުތިރާމާއި، ހިއްސާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
03 May 2026
ރައީސްގެ ދެކަނބަލުން ލަންކާއަށް، އެއާޕޯޓުން ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.