16 Jun 2023
"އިންތިހާބުން ރައީސް ޞާލިހު ބަލިވެ، ގައުމު ދޫކޮށް ފިއްލަވާނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބަލިވާނެ ކަމަށާއި އެއަށްފަހު އެމަނިކުފާނު ރާއްޖެ ދޫކޮށް ފިއްލަވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިރޭ ވިދާޅުވެއްޖެއެވެ.
14 Jun 2023
ތިމާމެންގެ މަސްލަހަތާއި ޖެހުނީމަ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ: ޝަރީފް
ތިމާމެންގެ މަސްލަހަތާއި ޖެހުނީމަ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
13 Jun 2023
ޑިމޮކްރެޓްސް ގެ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަނީ
ދަ ޑިމޮކްރެޓްސް ޕާޓީގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އެ ޕާޓީގެ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
13 Jun 2023
ދަ ޑިމޮކްރެޓްސްގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި
ދަ ޑިމޮކްރެޓްސްގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.
12 Jun 2023
ހަގީގަތުގައިވެސް މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ހުއްޓި "މަރުތަޅު" އެޅުނީތަ؟
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، އެމްޑީޕީން ވަކިވެ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ. އެގޮތުން އެޕާޓީގެ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މެއި 23 ވަނަ ދުވަހު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
10 Jun 2023
އަނެއްކާވެސް ރަންނަމާރި އަރަން ފަށައިފި: ޔާސިރު
އަނެއްކާވެސް ދިވެހިރާއްޖެއަށް ރަންނަމާރި އަރައިފި ކަމަށާއި، މިއަދު އެ ރަންނަމާރި ގެންދަނީ، އަހަރެމެންގެ އަންހެން ދަރިންގެ ފުރާނަ ނޫން ކަމަށް ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
10 Jun 2023
"އެމްޑީޕީ އަކީ ވަގުންގެ ނެޓްވޯކެއް؛ އެ ނެޓްވޯކް ފުނޑާލާނަން"
ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީ މިހާރު ވަނީ ވަގުންގެ ނެޓްވޯކް އަކަށް ވެފައި ކަމަށާ، އެ ނެޓްވޯކް ފުނޑާލައި، ދިވެހި ގައުމު ސަލާމަތް ކުރާނީ ދަ ޑިމޮކްރެޓްސް ޕާޓީން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
09 Jun 2023
ނަޝީދު އަސްލަމަށް ރައްދު ދެއްވީ، ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީގެ ލިޑަރު މުޙައްމަދު އަސްލަމަށް ނަޝީދު ރައްދު ދެއްވައިފިއެވެ.