ދަ ޑިމޮކްރެޓްސް
25 Jun 2023
"އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް ނުކުޅެދިއްޖެ"
އިލެކްޝަންސް ކޮމިޝަންގެ ވާޖިބު އަދާކުރުމަށް އެ ކޮމިޝަން ނުކުޅެދިފައިވާ ކަމަށާ، އެއީ ކޮމިޝަންގެ ރައީސްގެ އިތުރުން މެންބަރުންނަށްވެސް ހުރި ހުތުރެއް ކަމުގައި، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
22 Jun 2023
"ޕާޓީ ރަޖިސްޓްރީ ނުކޮށް ލަސްކުރުމަކީ ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓުން"
ޕާޓީ ރަޖިސްޓްރީ ނުކޮށް ލަސްކުރުމަކީ ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
21 Jun 2023
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގައި އިންސާފު ނުލިބޭތީ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގައި އިންސާފު ނުލިބޭތީ "ދަ ޑިމޮކްރެޓްސް"އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
21 Jun 2023
ނަޝީދުއާއެކު މެމްބަރު އަހުމަދު ރަޝީދުވެސް އެމްޑީޕީން ވަކިވެއްޖެ
ރައްޔިތުންހެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވެސް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
19 Jun 2023
"ދައުރު ނިމޭއިރުވެސް މިސަރުކާރުން ގޯއްޗެއް ނުދޭނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން މާލޭ ރައްޔިތުންނަށް ދޭނެ ކަމަށް ބުނި ގޯތިތައް، އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރު ނިމޭއިރުވެސް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
19 Jun 2023
ނަޝާތުއާއި އާސިފް ވަނީ ޒާތީ ތަޢައްސުބާއި ރައީސް ޞާލިޙްގެ ނުފޫޒު"
ދަ ޑިމޮކްރެޓްސްގެ މެންބަރޝިޕް ފޯމުތައް ފަށްފަށްކޮށް، ތަކުރާރުކޮށް ބަލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޢަލީ ނަޝާތާއި، މުޙައްމަދު ޢާސިފް ކުރައްވާ ވަކާލާތުގެ ފަހަތުގައިވަނީ ޒާތީ ތަޢައްސުބާއި ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙްގެ ނުފޫޒު ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
19 Jun 2023
"އަޅުގަނޑުމެން ނުލާ ޖަލެއް، ނުޖެހޭ ކަރުނަ ގޭހެއް ނެތް"
ބިރުދައްކައިގެން ނުވަތަ ޖެއްސުން ކޮށްގެން "ދަ ޑިމޮކްރެޓްސް" އުފެއްދުން ނުހުއްޓުވޭނެކަމަށް އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
19 Jun 2023
"ކުރިންވެސް، މިހާރުވެސް ޕާޓީ އުފައްދަން ދަތި ކުރަނީ ރައީސުލްޖުމްހޫރިއްޔާ"
މީގެ 18 އަހަރު ކުރިންވެސް އަދި މިހާރުވެސް، ޕާޓީ އުފައްދަން ދަތިވީ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.