19 Jul 2023
"ނެރޭނެ ކެންޑިޑޭޓަކާއި މެދު އެއްބަސް ނުވެވެއްޖިނަމަ ނިކުންނާނީ ވަކިން"
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދި ޞާލިހާއި ވާދަކުރަން އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ކުރާ މަސައްކަތުން އެއްބަސް ވެވޭ ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ، އިންތިޚާބުގައި ވަކިން ވާދަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.