ދަ ޑިމޮކްރެޓްސް
28 Aug 2023
ރައީސް ޞާލިހަކީ 2018 ވަނަ އަހަރުގެ ބަދަލު ކުޅުންތެރިއެއް!
ބަދަލު ކުޅުންތެރިނަންނާއެކު ނިކުމެ ދަ ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޞާލިހް ބުނަމުންދާއިރު، ޚުދު އެ މަނިކުފާނަކީވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުނތް ބަދަލު ކުޅުންތެރިއެއްކަމުގައި ވިދާޅުވެ ދަ ޑިމޮކްރެޓްސް ގެ އިންތިހާބީ ތައުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ހޫނު ބަހުގެ ހަމަލާތަކެއް ރައީސް ޞާލިހަށް އަމާޒުކުރައްވައިފިއެވެ.
21 Aug 2023
ޑިމޮކްރެޓްސްގެ 11 މެންބަރުން އަދިވެސް މަޖިލީހަށް ނާންގާ!
ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުނު 14 މެމްބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް އެކަން އަންގަވާފައި ވަނީ ތިން މެމްބަރަކުކަމަށާއި ޕާޓީ ބަދަލްވިކަން މަޖިލީހަށް ނާންގާ 11 މެންބަރަކު ތިއްބެވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
20 Aug 2023
ދެވަނަ ބުރުގައިވެސް ރައީސް ޞާލިޙްގެ ފަހަތަކަށް ނާރާނަން: ނަޝީދު
ދެވަނަ ބުރަކަށް ދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅައް އަރައިވަޑައި ނުގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
20 Aug 2023
"ބެނާއެއް ދަމައިގެން ޝުޢޫރު ފާޅުކުރުމުގެ ހައްގެއް މިހާރަކު ނެތް"
ސަރުކާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އުފެދުނު އަސާސްތަކާއި މިހާރު ދުރަށް ގޮސްފައިވާ ކަމަށާ، މި އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ބެނާއެއް ދަމައިގެންވެސް ޚިޔާލުފާޅު ނުކުރެވޭ ކަމަށް، ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް ގެ ތަރުޖަމާނު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
19 Aug 2023
ތުޅާދޫގައި އެއަރޕޯޓެއް އަޅައިދޭނަން: ޢަމްރު
ޑިމްކޮރެޓްސްގެ ވެރިކަމެއްގައި ތުޅާދޫގައި އެއަރޕޯޓެއް އަޅައިދޭނެކަމަށް ޑިމޮކްރެޓްސްގެ ރަނިންގމޭޓް ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.
19 Aug 2023
ރައީސް ދެވަނަ ދައުރެއް އެދެނީ ވައްކަން ކުރެއްވުމަށް: އިމްތިޔާޒް ފަހުމީ
ރައީސް ޞާލިހަށް ދެވަނަ ރިޔާސީ ދައުރެއް ލިބިވަޑައިގެންފިނަމަ ސިޔާސީގޮތުން ހާސިލްކުރާއްވާނެ އިތުރު އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވަނީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ވައްކަމުގެ ސަރުކާދަ ޑިމޮކްރެޓްސް ގެ ލީޑަރޝިޕްގައި މަސައްކަތްކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
19 Aug 2023
ސަރުކާރުން ދެވަނަ ދައުރެއް އެދެމުން އެދަނީ ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް: އިމްތިޔާޒް ފަހުމީ
މިހާރުގެ ސަރުކާރުން ދެވަނަ ރިޔާސީ ދައުރެއް ދިނުމަށް ރައްޔިތުންގެ ކިބައިން އެދެމުން އެދަނީ އަދި ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް ކަމުގައި ވިދާޅުވެ އެމްޑީޕީގައި އިސްކޮށް ކުރިން ހަރަކާތްތެރިވި، އަދި މިހާރު ދަ ޑިމޮކްރެޓްސްގައި ހުންނެވި އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
17 Aug 2023
ޔާސިރު އެމްޑީޕީއަށް! ނަޝީދު ވިދާޅުވީ ޟަމީރުގެ ބަލިކަށިކަމެއް ކަމަށް!
ކުޅުއްދުފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ މެމްބަރުން، ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން އެކަމަށް ކުރީގެ ރައީސް އަދި ދަ ޑިމޮކްރަޓްސްގެ ބާނީ މުޙައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.