19 Sep 2023
ރައީސް ސާލިޙަށް އިތުބާރެއް ނުކުރަން: އީވާ
ދަ ޑިމޮކްރެޓްސްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުބާރު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
18 Sep 2023
ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނޭރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން ދަ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމައިފި އެވެ.
18 Sep 2023
އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓް ނެގުން ނޫންގޮތެއް ޑިމޮކްރެޓުން ގަބޫލެއް ނުކުރާނެ
18 Sep 2023
އިންތިޚާބަށްފަހު ނިޒާމީ ވޯޓު ނަގަން ރައީސް ޞާލިހު އެއްބަސްވެއްޖެ
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ފަހު، ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދަ ޑިމޮކްރެޓްސްއަށް ހުށައަޅުއްވައިފި އެވެ.
18 Sep 2023
ކޯލިޝަނާއި މެދު ޑިމޮކްރެޓްސްގެ ނިންމުން މިރޭ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ގޮތް ނިންމުން އޮންނާނެ ކަމަށް އެޕާޓީ އިން ބުނެފިއެވެ.
18 Sep 2023
"ބަރުލަމާނީ ގަރާރު އަވަސްކުރުމަށް އެމްޑީޕީން ވަނީ އެއްބަސްވެފައި"
ދިވެހިރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރަން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފިއެވެ.
16 Sep 2023
ރައީސް ޔާމީނާއި މާދަން ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާދަމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
16 Sep 2023
ވޯޓުލާމީހުން ވޯޓުލާތަން ނޭނގި ބަދަލުކުރާ ޝަކުވާ އެބަލިބޭ!
ވޯޓުލާމީހުންގެ ވޯޓުލާތަން އެމީހުންނަށް ނޭނދި ބަދަލުކުރާ ކަމުގެ ޝަކުވާ އެބަލިބޭ ކަމަށާއި އެކަން ކުރާ ބަޔަކު ބަލަން ޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.