ދަ ޑިމޮކްރެޓްސް
09 Oct 2023
"ޑިމޮކްރެޓްސްއިން މަޝްވަރާ ދިނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް"
ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ޑިމޮކްރެޓްސްއިން މަޝްވަރާ އަރުވާފައިވާކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ޑިރެކްޓާ ޖެނެރަލް އަދި އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
07 Oct 2023
"އާރަށުގައި ބައްދަލުކޮށް ފައްޔާޒު ޗެއާޕާސަންކަމުން ވަކިކުރުމަށް ދަނީ މަޝްވަރާކުރަމުން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމުގެ މަޤާމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަކިކުރުމަށް އާރަށުގައި މަޝްވަރާކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
07 Oct 2023
"މިވެރިކަން ވައްޓާލީ ފާޅުގައި، ރުޅިގަދަވެގެން މާދަމާއެއް ނުލިބޭނެ"
އެމްޑީޕީ އިސްވެ އޮވެ ހިންގަމުން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ވައްޓާލީ ފާޅުގައި ކަމަށާއި، އެކަމާއި ރުޅިއައިސްގެން އެމްޑީޕީން އުޅޭނަމަ ދެން ވެސް ކުރިއެރުމެއް އެ ޕާޓީއަށް ނުލިބޭނެކަމަށް އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެސްޓް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
07 Oct 2023
"އަޅުގަނޑުމީ އެމްޑީޕީގެ ޗެއާޕާސަން ނަމަ ފުރަތަމަ ބަލާނީ ބަލިވި ސަބަބު"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނަމަ އެންމެ ފުރަތަމަ ބައްލަވާނީ ރިޔާސީ އިންތިޚާބު ނާކާމިޔާބުވާން ދިމާވި ސަބަބުތަކަކީ ކޮބައިތޯ ކަމަށް އެމްޑީޕީއާއި ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
04 Oct 2023
"އަންހެނުން ގޮނޑި ނެގީމަށް ނުބުނެ ގޮތް ހޯދަދޭން ޖެހޭ"
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ތަމްސީލުވުން އިތުރުކުރުމަށްޓަކައި، މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ، އެމީހުންނަށް ޚާއްސަ ފުރުސަތުތަކެއް ދޭން ޖެހޭކަމަށް މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
04 Oct 2023
"ދާއިރާ ނޫންވީމަ ހުޅުލޭ އެއާޕޯޓު ވާހަކަ ދައްކާނެ މީހަކު ނެތް"
ހުޅުލޭ ދާއިރާއަށް ޚާއްސަ މެމްބަރެއް މަޖިލީހުގައި ނެތީތީ ފާއިތުވި ފަސް އަހަރު ހުޅުލޭ އެއާޕޯޓު ހުއްޓިފައި އޮތް ވާހަކަ މަޖިލީހުގައި ދައްކާނެ ބޭފުޅެއް ނެތްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
04 Oct 2023
އެމްޑިޕީއިން ނިންމީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް
ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.
03 Oct 2023
"ނިޒާމާގުޅޭ ވޯޓަށް އެމްޑީޕީން ތާއީދުކުރާނެ ކަމަށް އޭރު ބުނި"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް، ނުވަތަ ވަކި ފަރާހަތަކަށް ނުޖެހި ތިބިކަމަށް ވާނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓު ނެގުމަށް އެއްބާރުލުން ދޭނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އޭރު ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.