ދަ ޑިމޮކްރެޓްސް
20 Dec 2023
ރައީސުލްޖުމްހޫރިއްޔާއާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ބައްދަލުކުރައްވައިފި
ޑިމޮކްރެޓްސް ގެ ރައީސް ހަސަން ލަތީފާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
20 Dec 2023
މުސާރަ ބޮޑު ނުކުރަން ޑިމޮކްރެޓްސްގެ ތްރީލައިން "ރެޑް" ވިޕެއް!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމުހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއި ދެކޮޅަށް، މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ތްރީ ލައިން ރެޑް ވިޕެއް ނެރެފި އެވެ.
17 Dec 2023
މާލޭގެ ބިމުން މާލޭގެ ރައްޔިތުންނަށް އެބަ ހައްލުތަކެއް ހޯދަދޭން ޖެހޭ!
މާލޭގެ ބިމުން މާލޭގެ ރައްޔިތުންނަށް ހައްލުތަކެއް އެބަ ހޯދަދޭން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ މުޙައްމަދު ސައިފް ފާތީޙް ވިދާޅުވެއްޖެއެވެ.
09 Dec 2023
ދަ ޑިމޮކްރެޓްސް އަށް 10،000 މެމްބަރުން ހަމަކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އަަށް 10،000 މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
06 Dec 2023
ހެދުނު ގޯހަކުން، ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލްކޮށްފިން: އާޒިމް
ދަ ޑިމޮކްރެޓްސް އިން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ބައެއް ވޯޓު ފޮށި ތަކަށް ވޯޓުލީ މީހުންގެ އަދަދު، ދާއިރާތަކަށް ކުރިމަތިލާފައިވާ މެމްބަރުންގެ އަދަދަށް ވުރެ އިތުރުވެފައިވާތީ، އެ ފޮށިތަކުގައިވާ ވޯޓުތައް ބާތިލްކޮށްފައިވާކަމަށް އެޕާޓީން ބުނެފިއެވެ.
06 Dec 2023
ދަ ޑިމޮކްރެޓްސްއިން ކައުންސިލަރު ރީހާން އިސްތިއުފާދެއްވައިފި
މާލޭ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޒިމް ދަ ޑިމޮކްރެޓްސް ޕާޓީން އިސްތިއުފާދެއްވައިފި އެވެ.
05 Dec 2023
ނަޝީދާއި އީވާ އުޅުއްވީ މަގާމުގެ ބޭނުމެއްގައެއް ނޫން: ހަސަން
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އަކީ، އެއްވެސް އިރެއްގައި މަގާމުގެ ބޭނުމުގައި މަސައްކަތްކުރެއްވި ދެބޭފުޅުން ނޫންކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
05 Dec 2023
އަމާޒަކީ އެންމެ ވަރުގަދަ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ހެދުން
އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގަ އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ހެދުންކަމަށް، އެޕާޓީއާށް އިންތިހާބުވެވަޑައިގެން ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.