21 Sep 2023
ނިޒާމީ ވޯޓަށް ދެވޭނޭ އެކަމުގެ މަރުހަލާތަކުގެ ތެރެއިން: ރައީސް ޞާލިހު
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނާނީ ރިޔާސީ ނިޒާމަކަށްތޯ ނުވަތަ ބަރުލަމާނީ ނިޒާމަކަށްތޯ ބެލުމަށްޓަކައި ނަގާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެމު އަންނަ މަހު 30ގެ ކުރިން ނެގުމަށް އެންގޭނީ، އެކަމާ ގުޅޭ ގޮތުން ނިންމާގޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއާ އެކު ފާސްކޮށް ތަސްދީގު ކުރުމަށް ފަހު އެ މަނިކުފާނަށް ފޮނުވުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުމަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.