ދަ ޑިމޮކްރެޓްސް
31 Oct 2023
އެމްޑީޕީން އުޅެނީ ޑރ. މުޢިއްޒުގެ ސަރުކާރަށް ޖެއްސުންކުރަން
މަޖިލީހުގެ މެޖޯރިޓީ ޕާޓީ, އެމްޑީޕީން މަސައްކަތް ކުރަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅައި، އެމަނިކުފާނުގެ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް، ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
29 Oct 2023
"އެމްޑީޕީ މެންބަރުންގެ ފަރާތުން ފެނުނީ ނާޒަތަހުޒީބު ޢަމަލުތަކެއް"
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އެންގެވުމާއެކު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއް ކަމަށްބުނެ، އެ ޢަމަލުތައް މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި އެވެ.
28 Oct 2023
"ވޯޓު ހޯދަން އެންމެ މީހަކަށް 6 ލައްކަ ރުފިޔާ އެންސްޕާއިން ދީފަވޭ"
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ހޯދަން ޤައުމީ ހެލްތު އިންޝިއުރެންސް ސްކީޕް އާސަންދަ އަދި އެންސްޕާގެ ބޭނުން ނަހަމަގޮތުގައި ހިފާ ކޮރަޕްޝަން ހިންގާފައިވާކަން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހާމަކުރައްވައިފި އެވެ.
27 Oct 2023
ނަޝީދު މަގާމުން ދުރުކުރުން ހުއްޓުވަން ކުރެވޭނީ ދެކަމެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުން ހުއްޓުވަން ޑިމޮކްރެޓްސް އަށް ކުރެވޭނީ ދެ ކަންތައް ކަމަަށާ އެ ދެ ކަންވެސް ހައްލު ކުރާނެ ގޮތް އެނގޭ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
27 Oct 2023
"ނަޝީދު ވަތްކެއް ނުކުރެވޭނެ، އެދަނީ އަނެއްކާވެސް ބަލިވާން"
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
27 Oct 2023
"މައްސަލަ އަލުން ވެއްދުމުން ހާމަވީ ރައީސް ޞާލިހު ބޭވަފާތެރިކަން"
ރައްޔިތުންހެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބޭވަފާތެރިކަން ހާމަވެގެންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
26 Oct 2023
"ޑރ މުއިއްޒު ހުވާކުރުމަށް ހުރަސްއަޅަނީ ރައީސް ޞާލިހު އަންގައިގެން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕު މެދުވެރިކޮށް ހުރަސްއަަޅަމުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
22 Oct 2023
މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސް އިން ހުރިހާ ގޮނޑިއަކަށް!
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް މަދުކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްނުވެއްޖެނަމަ، އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައިވާ 93 ދާއިރާއަށްވެސް ދަ ޑިމޮކްރެޓްސް އިން ވާދަކުރާނެކަން އިއުލާންކޮށްފިއެވެ.