12 Sep 2023
ދެވަނަ ބުރުގައި ކޮންމެހެން އެހެން ބަޔަކާ ބައިވެރިވާކަށް ނުޖެހޭ
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ނާކާމިޔާބީ ލިބޭ ފަރާތްތަކާއި ސިޔާސީ ޕާޓީ ތަކުން، އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ބަޔަކާ ބައިވެރިވާކަށް ކޮންމެހެން ނުޖެހޭ ކަމަށް، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މަސްޢޫލުވެރިޔާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
12 Sep 2023
ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގައި ބޯޅަ އޮތީ އެ ޕާޓީގެ ފަޅީގައި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކޯލިޝަން ހެދުމަށްޓަކައި ދަ ޑިމޮކްރެޓްސްއާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ބޯޅަ އޮތީ އެ ޕާޓީގެ ފަޅީގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Sep 2023
ބިލެތްދޫ ޑިމޮކްޓްސްގެ މެމްބަރުން ޕީޕީއެމްއާއެކު މަސައްކަތް ކުރަނީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރުމަށް ފ ބިލެތްދޫ ޑިމޮކްރެޓްސް ގެ މެމްބަރުން ނިންމައިފިއެވެ.
11 Sep 2023
"ކޯލިޝަން ހެދުމުގެ މަޝްވަރާ ރައީސާއެކު ވެސް ދަނީ ކުރިއަށް"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
10 Sep 2023
ހުރިހާ ޕާޓީތަކާވެސް މަޝްވަރާ ކުރާނަން: އިލިޔާސް ލަބީބު
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ގުޅޭނެ ޕާޓީއެއް ކަނޑައެޅުމުގެ ކުރިން ހުރިހާ ޕާޓީތައެކުވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ
10 Sep 2023
ވޭތުވެދިޔަ ފަސް އަހަރަށް ވުރެ ބޮޑަށް ހަރުކަށި ފިކުރު ފަތުރާނެ ސަރުކާރުރެއް ނާންނާނެ: ރައީސް ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ފާއިތުވި ފަސްއަހަރަށްވުރެ ބޮޑަށް ހަރުކަށި ފިކުރު ތަންފީޒުކުރާނެ ސަރުކާރެއް ނާންނާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
05 Sep 2023
"ބޮޑުތިލަދުންމައްޗަށް ޚާއްސަ އިންވެސްޓްމެންޓް ބޭންކެއް ގެންނާނަން"
ބޮޑުތިލަދުންމައްޗަށް ޚާއްސަ އިންވެސްޓްމެންޓް ބޭންކެއް ގެންނާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގ މޭޓް ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
04 Sep 2023
ނަޝީދާއި ދެކޮޅަށް އަޑު އުފުލުމުން، މަގު މަތިން ނަން އިއްވައިފި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އަޑު އުފުލި މީހުން ތަކެއްގެ ނަން އިއްވައިފިއެވެ.