ވޯލްޑް ކަޕް 2026
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ފްރާންސް ބަލިކޮށް ސްޕެއިން ވަރލްޑްކަޕް ފައިނަލަށް
މި ދެޓީމަކީ މިފަހަރުގެ މުބާރާތުގެ މިހާހިސާބަށް އާއިރު އެންމެ ވަރުގަދަކޮށް ފެނުނު ދެޓީމެވެ. ނަމަވެސް ރޭގެ މެޗްގައި ފަރަންސޭސިންގެ ފަރާތުން އުއްމީދުކުރިވަރުގެ ކުޅުމެއް ނުފެނުނެވެ.
14 Jul 2026
ހާލަންޑްގެ ރެކޫނު ސޯޝަލް މީޑިއާގައި
ވޯލްޑް ކަޕުން ގައުމަށް ދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން އެކަން ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށްވެއްޖެއެވެ.
14 Jul 2026
އާޖެންޓީނާ މެޗަށް ރައިސް ފިޓްވާނެކަން އެނގޭނީ އަދި ފަހުން: ޓުޗެލް
ޓުޗެލް ބުނީ ރައިސްގެ ބަލި ހާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި، އާޖެންޓީނާ މެޗަށް ފިޓްވުމުގެ އުއްމީދު ބޮޑުކަމަށެވެ
13 Jul 2026
ފީފާ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ 64 އަށް އިތުރުކުރަނީ
ފިރިހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ. މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ފަހުގައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ
އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.