24 Jun 2026
މަންމަގެ ޖަނާޒާއަށް ފްރާންސްގެ ކޯޗު ގައުމަށް، ނޯވޭ-ފްރާންސް މެޗުގައި ނުފެންނާނެ
ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަންމަ މަރުވި ޚަބަރު ޑިޝޯމްޕްސްއަށް ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެހެންކަމުން، ނޯވޭ މެޗުގެ ކުރިން ކުރިއަށްދާ ފަރިތަކުރުންތަކާއި، އަންނަ ހުކުރު ދުވަހު ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ޑިޝޯމްޕްސްއަށް ބައިވެރިއެއް ނުވެވޭނެއެވެ.