28 Jul 2020 | 15:29
ހައިކޯޓުން ހުއްދަދިންކަމުގައިވިޔަސް ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުނުވެވޭ ކަމަށް ބުނެފި

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމާއި ބައްދަލުނުވެވޭކަމަށް ބުނެފިއެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިޢުނާފުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައިވާ އިރު އަދި އެ އަޑުއެހުމަށް ރައީސް ޔާމީން ހައިކޯޓަށް ޙާޟިރުވެސް ކުރެވިފައިވާއިރު، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ބައްދަލު ނުކުރެއްވޭ ކަމަށާއި، ޤާނޫނީ ވަކީލުންނާއި ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ އެ ފުރުޞަތު ބޭނުންފުޅުވާކަމަށް އެ އަޑުއެހުމުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅުއްވާފައިވާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ދައުލަތަށް އެންގެވުމާއެކު އެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެ ފުރުޞަތު ލިބުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް އިޢުލާނު ކުރެއްވުމަށްފަހުގައިއެވެ.

"މި އަޑުއެހުން ނިމުނު ފަހުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން 14 ޖޫން 2020 ގެ ތާރީޚުގައި ފޮނުއްވި ސިޓީއެއްގައި 2020 ޖުލައި 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގައި، މައްސަލަ ބެއްލެވި ޤާޟީ ނިންމަވާފައިވާ ގޮތަށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނޭ ކަމަށް ބަޔާންކުރައްވާފައި ވެއެވެ"، ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، އެ ސިޓީއާގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ބައްދަލުކުރުމަށްޓަކައި ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާކަމަށް ވަނީ ބުނެފައެވެ. އަދި ބައްދަލު ވުމަށް އެދުނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެންގެވި އެންގުމާ ގުޅިގެންކަމަށް ބަޔާންކޮށް އަދި ބައްދަލުވުން ހަމަޖެހޭނެ ކަމަށް އަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޮނުވާފައިވާ ސިޓީ ދެއްކުމުން ވެސް ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށް ފޯމު ވެސް ބަލައިގަނެފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް އަންގަވާފައިވާ ގޮތަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވަކީލުން ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިނުދީ ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިލައްވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނުއެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކުރައްވައި 12 ޖަނަވަރީ 2020 ގައި ޢަމަލުކުރަން ފަށާފައިވާ، ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭކަމަށް ކަނޑައަޅާ ޤައިދީންނާއި ބަންދު މީހުންނާމެދު ޢަމަލު ކުރަންވީ ގޮތުގެ ޢާންމު އުޞޫލަށް ބަލާއިރު ޚަބަރު ފަތުރާ ވަޞީލަތްތައް ލިބުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ލިބެންޖެހޭކަން އެނގޭއިރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ފުރުޞަތުން މަޙުރޫމު ކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވީނަމަވެސް މިހާރު އެ ވަޞީލަތް ބޭނުންކުރުމުން ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޙްރޫމްކޮށް، ޚަބަރު ފަތުރާ އެއްވެސް ވަޞީލަތެއް ލިއްބައިނުދީ އެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުންދާ ދިއުން ހުއްޓާލުމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.