ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވީ 51 މީހަކު!

11 Oct 2020 | 12:45

ރާއްޖެއިން އިތުރު 51 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މިބައްޔަށް 51 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.މީގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 16 ބިދޭސީންނެވެ.

މިއާއި އެކު މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕްޒިޓިވް ވި މީހުންގެ އަދަދު މިވަނީ 10،859އަށް އަރާފައެވެ.މީގެ ތެރެއިން 376 މީހުންނަށް އައިސޮލޭޝަންގައި ފަރުވާ ދެމުން އަންނައިރު 74 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9،683 އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 34 މީހަކު ނިޔާވެފައެވެ.

Advertisement

ކޮމެންޓް

Advertisement