މާލޭގެ މަގުމަތިން ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަގުމަތިން ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 22:08 ހާއިރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އުމުރުން 54 އަހަރުގެ އިންޑިއާ ފިރިހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ފޮޓޯ: ސަން