14 Dec 2020 | 12:14
ރިސޯޓްތަކާއި ރާއްޖޭން ބޭރުގައި ވޯޓް ފޮށި ނުބެހެއްޓިދާނެ: ޝަރީފް

މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރިސޯޓުތަކުގައި އާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބުގެ ތައްޔާރީތަކާ ބެހޭގޮތުން އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް ދެއްވި ޚާއްސަ އިންޓަރވިއުގައެވެ.

ޝަރީފް ވިދާޅުވީ، ކައުންސިލް ބޭއްވުމަށް ތައްޔާރުވަމުންދާއިރު އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިން އާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމުގައެވެ.

އެގޮތުން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލެވޭނީ ކިހިނެއްތޯ އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓުލެވޭނީ ކިހިނެއްތޯ ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރިސޯޓުތަކުގައި ތިބޭ މީހުންނާއި ރާއްޖެއިން ބޭރުގައި ދިރިއެޅޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޕެންޑެމިކް ތެރޭގައި ރިސޯޓުތަކުގައި ފޮށި ބެހެއްޓޭނެތޯވެސް ސުވާލު އުފެދޭ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އަދި ރިސޯޓުތަކުގެ ވެރިން އެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ބޭނުން ނުވާ ނަމަ އެކަމަށް މަޖުބޫރު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް އެކަން ވެއްޖެނަމަ ރިސޯޓުތަކުގައި އުޅޭ ފަރާތްތަކަށް އެހެން ރަށަކަށްގޮސް ވޯޓުލުމުގެ ފުރުސަތު ތަވަސްކޮށްދޭން ޖެހޭނެ" ޝަރީފު ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ އަންނަ މާޗު މަހުގެ 6 ވަނަ ދުވަހުގައެވެ.އެގޮތުން އިންތިޚާބް ބޭއްވުމުގެ ހުއްދަ މިޙަފްތާތެރޭގައި ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.