29 Nov 2018 | 07:54
ޖާބިރު ފައިސާ ދިން ކަމަށް ބުނާ ވާހަކަ ރައީސް މައުމޫނުގެ އޮފީހުން ދޮގުކޮއްފި

ކުރީގެ ރައީސް މައުމޫނަށް ރިޔާސީ އިންތިހާބްގެ ކެންޕެއިނަށް ވިޔަފާރިވެރިޔާ ޢަބުދުﷲ ޖާބިރު 29 މިލިއަން ރުފިޔާ ދެއްވިކަމަށް ބުނެ ދައްކަވާ ވާހަކަފުޅު ރައީސް މައުމޫނުގެ އޮފީހުން ދޮގުކޮއްފިއެވެ.

މިކަން ދޮގު ކުރައްވާ ރައީސް މައުމޫނުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމަންޓްގެ ހީވާގި ޓީމަށް، ޢަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށެވެ. އެވާހަކަފުޅަކީ އިތުރުފުޅެއްކަމަށެވެ.

އަނބިކަނބަލުން ދިޔާނާ ސައީދު އަންނަ ރައްޔިތުން މަޖިލީސް އިންތިހާބްގައި ގއ.ވިލިގިނލީ ދާއިރާއަށް ވާދަ ކުރައްވާތީ އެކަމަށް ރައީސް މައުމޫނު ހުރަސް ނާޅުއްވާނެ ކަމަށް އެއީ އެމްޑީޕީ ކޯލިޝަނަށް ވެރިކަން ހޯދުމަށް ކުރެވުނު ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ ޖާބިރު އަމިއްލަފުޅަށް ކުރެއްވި ޓްވީޓްގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ ރައީސް މައުމޫނަށް އަމާޒުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބްގައި ޖާބިރު މަސައްކަތް ކުރައްވާފައިވަނީ ރައީސް ނަޝީދުގެ އެޑަވައިޒަރެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
އެންތުރޮޕިކް އިން އަލީބާބާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް
އެންތުރޮޕިކް އިން އެމެރިކާގެ ސެނެޓަރުންނަށާއި ވައިޓް ހައުސްގެ އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އަލީބާބާގެ ކިއުވެން އޭ.އައި ލެބާ ގުޅުންހުރި ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފަށް 25،000 އަށްވުރެ ގިނަ ފޭކު އެކައުންޓު ހަދައިގެން ކްލޯޑް މޮޑެލްއަށް އެކްސެސް ހޯދާފައެވެ
27 Jun 2026
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ
27 Jun 2026
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށެވެ
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ
27 Jun 2026
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ
އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ
27 Jun 2026
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު
ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ