22 Jan 2021 | 17:05
މަހިބަދޫ ޒޮއިކް ފުޓްސަލް ކަޕް މިމަހު 23ގައި

އދ. މަހިބަދޫ ޒުވާނުނަށް އަމާޒުކޮށްގެން ޒޮއިކް ސްޕޯޓސް ކްލަބްގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެމުން ޒޮއިކް ސްޕޯޓްސް ކްލަބްގެ އޮފިޝަލް ވިދާޅުވިގޮތުގައި ރަށު ފެންވަރުގައި ބޭއްވޭ މި މުބާރާތުގައި 23 ޓީމުން ބައިވެރިވެފައިވާ އިރު ޒުވާނުންނާއި ރަށުން ބޮޑު ތަރުހީބެއް މުބާރާތައް ލިބިފައިވާކަމަށެވެ.

މުބާރާތުގައި މަހިބަދޫގެ ޓީމުތައް އެކަނި ބަިއވެރިވާއިރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަދުވަހުއެވެ.

އެއްވަނަ ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ދެވަނަ ޓީމަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވޮއިސް" އެވެ.

2018ވަނަ އަަހަރުގައި ރަސްމީކޮށް އުފެދުނު ޒޮއިކް ސްޕޯޓްސްއަކީ އޭގެ ކުރިންވެސް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ކްލަބެކެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ޒޮއިކްގެ ނަމުގައި ނެޓްބޯޅަ ޓީމެއް ނެރެ، 2017، 2018އަދި 2019ވަނަ އަހަރުގައި ވަނީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހާސިލްކޮށް ތަށި މިލްކުކޮށްފައެވެ.

އަދި 2018ވަނަ އަހަރު މަހިބަދޫގައި ބޭއްވި މަޝްހޫރު ފުޓްބޯޅަ މުބާރާތްކަމަށްވާ ނިއު ޖެނެރޭޝަން ކަޕްގައިވެސް ޒޮއިކްގެ ޓީމަކުން ވަނީ ބައިވެރިވެ ޗެމްޕިއަންކަން ހާސިލްކޮށްފައެވެ.

ޒޮއިކް ސްޕޯޓްސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކުޅިވަރަށް ދެމުންގެންދާ ސަމާލުކަމެވެ. އެގޮތުން އެ ކްލަބުން ވަނީ އދ.މަހިބަދޫގައި މިހާތަނަށް ބޭއްވުނު ހުރިހާ މުބާރާތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ކްލަބް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ އދ.މަހިބަދޫއަށް އުފަން ޒައީމާ މުހައްމަދެވެ.

މިއީ ޒޮއިކް ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް