27 Feb 2021 | 13:47
ބިރަކާނުލައި މަޖާކުރަނިކޮށް ކުރިމަތިވި ކަންތައް!

އިންސާނާގެ ދުނިޔަވީ ޙަޔާތަކީ ކުޅިވަރު ކުޅުމަށާއި، މަޖާކަމަށް ލޯބިކުރުން އިންތިހާއަށް ހިމެނިގެންވާ ޙަޔާތެކެވެ. އިންސާނުންކުރެ ގިނަ މީހުންނަކީ މިފަދަ ކުޅިވަރުތަކާއި، މަޖަލުގެ ތެރެއަށް ޣަރަޤުވެ، ތިމާމެން ޚަލްޤުކުރެއްވި މަޤްޞަދުގެ މަތިން ހަނދާން ނައްތާލައިފައިވާ މީހުންނެވެ. ދުނިޔަވީ ޙަޔާތަކީ ދާއިމީ ޙަޔާތުގެ ފަލާޙާއި ކާމިޔާބުގެ ގޮވާންކުރުމުގެ ދަނޑުކަން އެބައިމީހުން ނުދަނެއެވެ. މި ކަންތައްގަނޑުގެ ތެރޭގައި ޙަލާލެއް ޙަރާމެއް ބަލާލުމެއްނެތި، ތިމާމެން ހިތްއެދޭ، ހިތަށް "އުފާކަން" ގެނުވާކަމަށް ދެކޭ އެންމެހާ ކަމެއް ފަތުރާ ރާވައި ހިންގަންފަށައެވެ. ދުނިޔަވީ ޙަޔާތުގައި މިކަން އިންތިހާއަށް ގޮސްފައިވާލެއް ބޮޑުކަމުން، ކީރިތި ޤުރްއާނުގެ އެތައްތަނެއްގައި ދުނިޔަވީ ޙަޔާތް ޞިފަކުރައްވާފައި ވަނީވެސް މިފަދައިންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

((إِنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ)) މާނައީ: "ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައެވެ."

ދުނިޔަވީ ޙަޔާތުގެ އަގުބޮޑު ވަގުތުތައް ކުޅިވަރާއި، މަޖަލާއި، ސަކަރާތުގައި ނަގާލުމަކީ ޝައިޠާނުން އެކަމަށް ލޯބިކުރާކަމެކެވެ. ތަފާތު ނަންނަމުގައި އެފަދަ ކަންކަމަށް ގޮވާލައި، އެކަންކަމަށް މަގުފަހިކުރުވުމަކީ ޒަމާނުގެ އޮއިވަރުތަކުގެ ތެރެއިން އެއް އޮއިވަރެވެ. ޚާއްޞަކޮށް ޒުވާނުން، އެބައިމީހުންގެ ޙަޔާތުގެ އެންމެ މުހިއްމު ދުވަސްތައް ކުޅިވަރާއި، މަޖަލުގައި ހޭދަކުރުވުމެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭނެ ކަންކަމުން ދުރުކޮށްފައި ބެއިތިއްބުމެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިން ހުއްދަ އެތައްކަމެއް އެބަހުއްޓެވެ. މާތް ﷲ ރުއްސަވާވޮޑިގެންވާގޮތުގެ މަތިން ހުއްދަ ރަނގަޅު ކުޅިވަރުތައް ކުޅުމަކީ އޮތްކަމެކެވެ. ދުނިޔަވީ ގޮތުން މަންފާކުރަނިވި ކުޅިވަރުތައް ކުޅެ ހެދުމަކީ އިސްލާމްދީން މަނާކުރާކަމެއް ނޫނެވެ. އަދި ހުއްދަކުރައްވާފައިވާ އިމުގެ ތެރެއިން އުފާކޮށް ހިތްހަމަޖެއްސުމަކީ އޮތްކަމެކެވެ.

މުނިފޫހިފިލުވުމުގެ ނަމުގައި އިސްލާމްދީނުގެ ޙުދޫދުން ބޭރުވެ، ރައްބެއް ރަސޫލެއް ޤަބޫލު ނުކުރާ މީހުންގެ އެޖެންޑާތައް މުސްލިމް މުޖުތަމަޢުތަކަށް ފައްތަން ކުރާ މަސައްކަތްތައް ވަނީ ގިނަވެފައެވެ. ﷲ ޙަރާމްކުރާއްވާފައިވާ މިއުޒިކާއި، ނެށުމާއި، ދެ ޖިންސު މައްސުނިވެގެން މަޖާކުރުން ފަދަ މާތް ﷲ ނުރުއްސަވާ ކަންކަމަކީ މުނިފޫހިފުލުވުމުގެ އެންމެ މުހިއްމު އަސާސީ ކަންކަން ކަމުގައި ދައްކައި އެކަން ޒީނަތްތެރިކޮށްދޭން ކުރާ މަސައްކަތްވަނީ ގިނަވެފައެވެ.

ދުނިޔަވީ ޙަޔާތުގައި ކުޅިވަރާއި މަޖަލުގެ ތެރޭގައި ޣަރަޤުވެ، އުޚްރަވީ ޙަޔާތުގެ މަތިން ހަނދުމަނެތިކޮށްލި އެތައް ޤައުމެއްގެ ބައެއް މާތް ﷲ ވަނީ ނެތިކޮށް ހަލާކުކޮށްލައްވާފައެވެ. نوح عليه السلام ގެ ޤައުމުގެ މީހުންނެވެ. އެބައިމީހުން އުޅެމުން ދިޔަގޮތްތައް އިޞްލާޙުކުރުމަށް އެކަލޭގެފާނު ނަސޭޙަތް ދެއްވުމުންވެސް، އެކަމަށް ކުރީ މަލާމާތާއި ފުރައްސާރައެވެ. އާޚިރުގައި ވަރުގަދަވެގެންވާ ޠޫފާނަކުން މާތްﷲ އެބައިމީހުން ހަލާކުކޮށްލެއްވިއެވެ. ھود عليه السلام ގެ ޤައުމުގެ މީހުންނެވެ. އެބައިމީހުންގެ އިސްކޮޅާއި، ބާރުގަދަކަމާމެދު ބޮޑާވެ، ކިބުރުވެރިވަމުން ދިޔައެވެ. ވަރުގަދަވެގެންވާ ފިނިވަޔަކުން މާތްﷲ އެބައިމީހުން ހަލާކުކުރެއްވިއެވެ. صالح عليه السلام ގެ ޤައުމުގެ މީހުންނެވެ. ހިތްއުފާކުރުމަށް ފަރުބަދަތައް ކަނޑައިގެންނާއި، އެތަންމިތަނުގައި ރީތި ގެތަކެއް އަޅަމުން ދިޔަ ނުބައިވެގެންވާ ބައެކެވެ. ވަރުގަދަ ބިންހެލުމަކުން ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި މާތްﷲ އެބައިމީހުން ލެއްވިއެވެ. لوط عليه السلام ގެ ޤައުމުގެ މީހުންނެވެ. ބިރެއްނެތި މަޖާކުރުމާއި ޝަހްވަތްތަކަށް ތަބާވުމުގައި ހައްދުފަހަނައެޅި ބައެކެވެ. އޭގެކުރިން ދުވަހަކުވެސް ބަޔަކު އަރައިގެންފައިނުވާ އެއްޖިންސުގެ ގުޅުމުގެ ފާޙިޝް ޢަމަލު ހިންގަމުން އައި ބައެކެވެ. އެބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭއެއް ވެއްސަވައި، މުޅި ރަށް އެފުށްމިފުށަށް ޖެއްސެވިއެވެ.

شعيب عليه السلام ގެ ޤައުމުގެ މީހުންނެވެ. ގަނެއްވިއްކުމުގައި މަކަރުހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ކައިއުޅުނު ބައެކެވެ. މާތް ﷲ އަށް އީމާންވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށް ތަފާތުކަންކަން ކޮށް އުޅުނުބައެކެވެ. ބިރުވެރި ބިންހެލުމެއް، އެބައިމީހުންނަށް އައިސްޖެހުނެވެ. އަދި އެބައިމީހުންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެބައިމީހުން ވިއެވެ. މި ނޫންވެސް އެތައް ބައެއް މާތް ﷲ ވަނީ ހަލާކުކުރައްވާފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އާޚިރަތުގެ ދަތުރަށް ތައްޔާރުކުރުމަށްބޭނުންވާނެ ޞާލިޙު ޢަމަލުތައް ކުރަން ލިބިފައިމިވާ ކުޑަކުޑަފުރުޞަތު، ކުޅިވަރާއި މަޖަލުގައި، ޣާފިލުކަން މަތީ ހޭދަކުރުމަކީ އެކަންކަމާމެދު ފަހުން ހިތާމަކުރަން ޖެހޭނެކަމެކެވެ. އާޚިރަތުގެ ފަލާޙާއި ކާމިޔާބަށް މަސައްކަތްކުރާމީހަކު އެފަދަ ބޭކާރު ގޮތަކަށް ވަގުތުތައް ހޭދައެއް ނުކުރާނެއެވެ.

ޒުވާނުންނޭވެ! މިރޭވެސް އެންމެ ފަހު ނޭވާ މިދުނިޔެއަށް ދޫކޮށްލަން ޖެހިދާނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ﷲ ގެ މަގަށް އެނބުރި ރުޖޫޢަވާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.