06 Apr 2021 | 16:51
އޭއޭއޭގައި އޮޕަރޭޓްކުރެވޭނެ އެންމެ މަތިންދާބޯޓެއްވެސް މިވަގުތަކު ނެތް، ދަރިވަރުން ބޮޑު ކަންބޮޑުވުމެއްގައި!

އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންދާ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)ގައި އޮޕަރޭޓްކުރަމުންދިޔަ ހުރިހާ މަތިންދާބޯޓެއްވެސް ހަލާކުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ "އޭވިއޭޝަން މޯލްޑިވްސް"ގެ ފަރާތުންނެވެ. މި ޚަބަރު ވަނީ، އޭއޭއޭގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުންވެސް ހިއްސާކޮށްފައެވެ.

އޭވިއޭޝަން މޯލްޑިވްސްގައި ބުނެފައިވާ ގޮތުގައި ފާއިތުވެގެންދިޔަ ހަފުތާތަކުގައި އޭއޭއޭގެ ދަރިވަރުން އުދުުހުމަށް އޮތީ އެންމެ ދެތިން މަތިންދާބޯޓެވެ. ނަމަވެސް މިހާރު އެ ހުރިހާ މަތިންދާބޯޓެއް ވަނީ ޓެކްނިކަލް ސަބަބުތަކާ ހުރެ ގްރައުންޑްކުރެވިފައެވެ. މިފަދަ ހާލަތެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައިވެސް ދިމާވިކަމަށްވެއެވެ.

އޭއޭއޭގައި އޮންނަ 14 މަތިންދާބޯޓްގެ ތެރެއިން 9 މަތިންދާބޯޓް މަރާމާތުކޮށް އަލުން ޚިދުމަތަށް ނެރުމަށް 1-4 މަސްދުވަސް ނަގާނެކަމަށް ބެލެވިފައިވާއިރު، ބާކީ ފަސް މަތިންދާބޯޓް އަލުން ނެރެވޭނެ މުއްދަތެއް ނޭނގެއެވެ. އޭއޭއޭއިން ބުނަމުންދާ ގޮތުގައި މި ބޯޓުތައް މަރާމާތުކުރުން ލަސްވަނީ ސްޕެއަރ ޕާޓްސް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭތީއެވެ.

ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު ގިނަ ދަރިވަރުންނަށް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދަރިވަރުން އަތުން އެ އެކަޑަމީއަށް ނަގާ ފީ ޑޮލަރުން ދައްކަންޖެހޭ މައްސަލަ އަކީ ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.