01 Jun 2021 | 23:03
ވޭރިއެންޓް ދެނެގަތުމަށް ސާމްޕަލް ފޮނުވީ ވައިގެ މަގުން: މަބްރޫކް

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮވިޑް19 ގެ ކޮން ވޭރިއެންޓެއްތޯ ޓެސްޓު ކުރުމަށް ސާމްޕަލްތައް ފޮނުވީ ވައިގެމަގުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ރާއްޖޭގެ ކޮވިޑްގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖޭގައި މި ދުވަސްވަރު ފެތުރޭ ކޮވިޑްގެ ބާވަތަކީ ވަރަށް އަވަހަށް ފެތުރޭ އަދި އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސާ މިންވަރު ވަރަށް ބޮޑަށް އިތުރު ބާވަތެއްކަމަށްވާތީ އާއި އަދި މިހާރު ފެތުރޭ ބާވަތް ޖެހޭ ކޮންމެ މީހަކު ބަލިވާކަމަށް ފާހަގަ ކުރެވިގެން، މިއީ އަވައްޓެރި ޤައުމުތަކުގައި އުޅޭފަދަ ވޭރިއެންޓެއްތޯ ބެލުމަށް ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވިތާ ވަރަށް ގިނަ ދުވަސް މިވަނީ ވެފައެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިޔާ ކުރެއްވި ސުވާލުގައި، ސާމްޕަލްތަކުގެ ނަތީޖާ ލިބުން ވަރަށް ބޮޑަށް ލަސްވެފައިވާތީ، އެ ސާމްޕަލްތައް ފޮނުވީ ކަނޑުމަގުން ކަނޑު ބޯޓެއްގައިތޯ ވަނީ ސުވާލު ކޮށްފައެވެ.

ޖަވާބުގައި މަބްރޫކް ވިދާޅުވީ ފޮނުވާފައިވާނީ ކަނޑު މަގަކުން ނޫން ކަމަށާއި ފޮނުވާނީ މަތިން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ކަނޑުމަގުން ސާމްޕަލް ފޮނުވުމަކީ ކުރާ ކަމެއް ނޫންކަން ނޫސްވެރިޔާއަށް އެނގޭނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ނޫސްވެރިޔާ މިފަދައިން ސުވާލު ކޮށްފައިވާއިރު، އެ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއްވެފައިވާތީ، މީގެ ކުރިންވެސް މި ސުވާލު ކުރުމުން އެޗްއޯއީސީން ވިދާޅުވެފައިވަނީ ސާމްޕަލްތައް މިހާރު ލެބޯޓްރީތަކާއި ހަމައަށް ފޯރާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.