މެމްބަރު ތާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ.... ފޮޓޯ: މަޖިލިސް
ހަބަރު
24 Aug 2022 | 12:07
ލޯނު ނަގާއިރު މަޖިލީހުގެ ރުހުން ހޯދިޔަސް ވެރިކަން ކުރާކަށް އުނދަގުލެއް ނުވާނެ: ތާރިގު

ދައުލަތް ޒިންމާވާން ޖެހޭ ލޯނުތައް ނަގާއިރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަން ކުރެއްވުމަށް ދަތިފުޅުވާނެ ކަމެއް ނޫންކަމަށް، އެފަދައިން މާލިއްޔަތު ގާނޫނު އިސްލާހު ކުރުމަށް ހުށައެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ހަތަރުވަނަ ޖަސްލާގައި މާލިއްޔަތު ގާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުންނެވެ.

އެގޮތުން ތާރިގު ވިދާޅުވީ އެ ބިލު ހުށައެޅުއްވި މަގްސަދަކީ ދައުލަތް ބަނގުރޫޓުވާ ވަރަށް ސަރުކާރުން ލޯނުތައް ނަގަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ރައްޔިތުންގެ މަޖިލީހަށްވެސް ކޮންމެވެސް ދައުރެއް އަދާކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

އަދި ލޯނު ނަގާއިރު މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އޮތުމަކީ ރައީސް ސޯލިހުއަށް ވެރިކަން ކުރަން ދަތިފުޅުވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާވެސް އެބަ ވިދާޅުވޭ ޕަބްލިކް ފޯރަމްތަކުގައި ތިމަންނަގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އެބަ އޮތޭ. ރައްތިރުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތްކަމަށް އިއުތިރާފު ވާ ނަމަ، މި ތަނަށް ގެނެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން އެ ދިރާސާކޮސްފަ، ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ނިންމުމަކީ ވެރިކަން ކުރަން އުނދަގޫވާނެ ކަމެއް ނޫން" ތާރިގު ވިދާޅުވިއެވެ.

ތާރިގު އިތުރަށް ވިދާޅުވީ މިހާރުވެސް ސޮވްރިން ގެރެންޓީގެ ގޮތުގައި ނަގަމުންދަނީ ބަޖެޓުގައިވެސް ހިމަނާފައި ނެތް އަދަދުތަކުންކަމަށެވެ.

މި ވެރިކަމަށް ބާކީ އޮތީ އެންމެ އަހަރެއްކަމަށާއި، އެ މުއްދަތުގެ ތެރޭގައި އިތުރަށް ދައުލަތް ދަރަނިވެރިކުރުވާނެ ލޯނުތައް ނުނަގާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް އިރު، ސަރުކާރުން ނަގާ ލޯނުތަކާއި މެދު މަޖިލީހަށް ފާރަވެރި ވެވޭނެ އުސޫލެއް އޮތުން މުހިންމުކަން ތާރިގު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.