މެމްބަރު ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ... ފޮޓޯ: މަޖިލިސް
ހަބަރު
24 Aug 2022 | 18:42
ދެ ސަރުކާރު ގެ މެދުގައި އޮތީ ކޮންކްރިޓް ރޭހުގެ ވާދަވެރިކަން: ވަހީދު

ދެ ސަރުކާރުގެ މެދުގައި އޮތީ ކޮންކްރިޓް އެޅުމުގެ ވާދަވެރިކަމެއް އުފެދިފައިކަމަށާއި، މައްސަލަތައް ހައްލުކުރުމަށް އެއްބަޔަކުވެސް ނުވިސްނާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު ހުށައަޅުއްވާފައިވާ، ފ.ނިލަންދޫގެ ނަރުދަމާގެ ނިޒާމު ހަލާކުވެ އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ސަރުކާރަށް ހުށައަޅާފައިވާ ގަރާރަަށް މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

ވަހީދު ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ފެންނަމުން ދަނީ ވަރަށް ބޮޑަށް ކޮންކުރީޓުގެ ވާދަވެރިކަމެއް އުފެދިފައިވާ މަންޒަރުކަމާއި، ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ ކުރިން ސަރުކާރަށްވުރެ ގިނައިން ކޮންކްރީޓު އެޅުމަށްކަމަށެވެ. 

އުމްރާނީ ތަރައްގީ ނުވަތަ ކޮންކްރީޓު އަޅައިގެން ގެންނަ ތަރައްގީއަކީވެސް މުހިންމު ތަރައްގީއެއްކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއި އެކު ވަހީދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން އުމްރާނީ ތަރައްގީއަށް ޚަރަދުކުރާނަމަ ޚަރަދުކުރަންވާނީ ދެމެހެއްޓެވި ގޮތެއްގައި ތަންތަން ތަރައްގީކުރުމަށްކަމަށެވެ. 

"މި ފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ވަރަށް ބޮޑަށް ކޮންކުރީޓުގެ ވާދައެއްގައި މުޅި ދައުލަތް ވަރަށް ފޯރީގައި އެއްބަޔަކަށް ވުރެ ގިނައިން އަނެއް ބަޔަކު ކޮންކުރީޓު އެޅުމުގައި އުޅޭތަން. އެކަމު އެކަން ކުރާއިރުގައި އަޅުގަނޑުމެން ޒިންމާދާރުކޮށްތޯ މިކަން މި ކުރަނީ؟ އެކި މީހުންނާއި އިނދެގެން  ބަނޑަށް ކުދިން ވިހަމުން ވިހަމުން ދާހެން ކުރިން ވިހާ ކުއްޖާގެ ކަންކަން ނުބެލި ފަހުން ވިހާ ކުއްޖާގެ ކަންކަން ބަލަމުންދާހެން މިކަން މި ކުރަނީ. އަޅުގަނޑުމެން ޖެހޭނެ ދައުލަތުން މިހާ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެއް ބެލެހެއްޓޭނެ ގޮތެއްވެސް ހޯދަން" ވަހީދު ވިދާޅުވިއެވެ. 

ވަހީދު ވިދާޅުވީ މުހިންމީ ގިނަ ކޮންކުރިޓް އަޅާ ރޭހުން ކުރި ހޯދުން ނޫންކަމަށެވެ.

އާ މަޝްރޫއަކަށް ދާއިރު، ކުރިން ނިންމި މަޝްރޫއުގެ ހަލާކުނުވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާނެ ނިޒާމުތައް ގާއިމުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ވަހީދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.