ވިނަރެސް ފްލެޓް-- ފޮޓޯ: އެޗްޑީސީ
ވިޔަފާރި
20 Sep 2022 | 12:32
ވިނަރެސް ފްލެޓް ގަންނަން 1413 މީހުން ހުށަހެޅި؛ ފުލެޓް ހަވާލުކުރެވޭނީ އަންނަ އަހަރު: އެޗްޑީސީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ މުއްދަތު 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ހަމަވެފައިވީއިރު، ޖުމްލަ 1413 ފަރާތްތަކުން ކުރިމަތިލާފައިވާ އެޗްޑީސީން ހާމަކޮށްފިއެވެ. 

އެޗްޑީސީން ބުނީ، ވިނަރެސް ފުލެޓު ތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވެފައިވާކަން ކަނޑައަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަމަށެވެ.

އެގޮތުން މިނިސްޓްރީން ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯރ ތަރުތީބުން ލިސްޓް ކުރާނެ ކަމަށާ، އެއަށްފަހު އެޗްޑީސީއިން ލިސްޓް އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އަދި އެ މަރުހަލާއަށްފަހު، އެޗްޑީސީން އެ މީހުންގެ ގާބިލުކަން ހުރިތޯ ބަލައި، އެ ޝަރުތު ހަމަވާ މީހުންނަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެއެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓް ލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެއެވެ." އެޗްޑީސީން ބުނެފައިވެއެވެ. 

އެޗްޑީސީން އިތުރަށް ބުނީ، ވިނަރެސް ފުލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށާ، މަސައްކަތް ނިންމުމަށް ފަހު 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފުލެޓު އާންމުންނާއި ހަވާލުކުރެވިގެންދާނެ ކަމަށެވެ. 

ވިނަރެސް ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް އަދި ފުރަތަމަ ފުލޯ ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވީއިރު މި ސަރަހައްދުގައި 1 ކޮންވީނިއެންސް ސްޓޯ، 5 މީޓް/ފިޝް ޝޮޕް، 5 ރީޓެއިލް ފިހާރަ، 1 ޓެއިލަރ ޝޮޕް، 2 ފާމަސީ އަދި 1 ކްލިނިކް އެޅުމަށް މިހާރު ވަނީ އިއުލާނު ކުރެވިފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮމާޝަލް ޔުނިޓްތައް މި ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ވިނަރެސް އަކީ ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީއިން ތަރައްޤީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެއްޓެވި މަޝްރޫއުއެކެވެ. މި މަޝްރޫއުގައި ޖުމްލަ 1344 އެޕާޓްމަންޓް ހިމެނޭގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. އަދި މިތަނުގައި 2 ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓް ތަކުގައި 3 ކޮޓަރި އަދި 3 ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.