މެމްބަރު ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
20 Sep 2022 | 14:55
ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ބޭނުން ސަރުކާރުން ކަނޑުވާލައިފި: ސައީދު

ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ބޭނުން ސަރުކާރުން ކަނޑުވާލައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑުކޮށްފައި އޮތް އޮތުން ނިނުމަކަށް ގެނައުމަށް ގޮވާލާ ސައީދު ހުށައެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

ސައީދު ހުށައަޅުއްވާފައިވާ ގަރާރުގައި ވަނީ އެމްއެމްއޭއިން ދަރަނި ނެގުމަށް އެންމެ ފަހުން މަޖިލީހުން ހުއްދަ ދިން މުއްދަތު ހަމަވާނީ 31 ޑިސެމްބަރު 2023 އަށް ކަމުގައިވީ ނަމަވެސް، އެ މުއްދަތު ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލައިފައެވެ. 

2022 ވަނަ އަހަރު ރާއްޖޭގެ ޖީޕީޑީ 13 އިންސައްތަ ކުރިއަރާނެ ކަމަށާއި، 2023 ވަނަ އަހަރު 9.7 އިންސައްތަ ކުރިއަރާނެ ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވެފައި ވާތީއާއި، ރާއްޖޭގެ އިގްތިސާދު ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެފައިވާތީ މިހާލަތުގައި އެމާއްދާތައް ސަސްޕެންޑްކޮށްފައި އޮތުމުގެ ބޭނުމެއް ފެންނަން ނެތްކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. 

އޭގެއިތުރުން އެ މާއްދާ ހިފަހައްޓާފައި އޮތުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓަރ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުލިބުމާއި، މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ރައްޔިތުންގެ ބަހެއްނެތި ހިތުހުރި ގޮތަކަށް ލޯނު ނެގުމާއި އަދި ދަރަނި ދެއްކުމަށް ލޯނު ނެގުންފަދަ އިގްތިސާދަށް އޭގެ ނުރައްކާ ކުރިމަތިވާފަދަ ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި، ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

އެ ކަންކަން ފާހަގަކޮށް ސައީދު ހުށައެޅި ގަރާރު މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ. އެ ގަރާރު ބަލައިގަތުމަށް ވޯޓު ދީފައިވަނީ އެންމެ 6 މެމްބަރުންނެވެ. އެއާއެކު އެ ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ. 

އެ ގަރާރު ބޭރުކޮށްލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ސައީދު އިތުރަށް ވިދާޅުވީ މި ކަމުން ދޭހަވަނީ ބޭނުން ވަރަކަށް ފައިސާ ޗާޕުކޮށްގެން ދަރަނި އިތުރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ކަމަށެވެ. 

ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މީގެ ކުރިން ޗާޕުކުރި ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓެއްވެސް މަޖިލީހާއި ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި ފައިސާ ޗާޕުކުރުމާމެދު އެމްއެމްއޭގެ ގަވަރުނަރުވެސް ވަނީ ކަންބޮޑުވުން ފާލުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ