މެމްބަރު ހަސަން މުހައްމަދު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
20 Sep 2022 | 15:51
ކިޔަވާ ނިންމާ ދަރިވަރުން ވަޒީފާތަކަށް ނިކުތުމުގެ ކުރިން ފުލުހުންގެ ތަމުރީނު ހެދުވުމަށް ގޮވާލައިފި

ސުކޫލުތަކުން ކިޔަވާ ނިންމާ ދަރިވަރުން ވަޒީފާތަކަށް ނިކުތުމުގެ ކުރިން ފުލުހުންގެ ތަމްރީނު އެ ކުދިން ލައްވާ ހެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު(ހަސަންޓޭ) ގޮވާލައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާއަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ހަސަންޓޭ ވިދާޅުވީ އެއްވެސް ބަޔަކު ފުލުހުންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ހަމައެއާއެކު ފުލުހުންވެސް ރައްޔިތުންނަަށް އަނިޔާވެރިވެގެން ނުވާނެ ކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ދިރިއުޅޭ މަދު މީސްކޮޅަށް އަމާންކަމާއެކު މި ގައުމުގައި އުޅެވޭނެ މަގެއް ހޯދަން ޖެހޭކަމަށެވެ. 

އެގޮތުން ކިޔަވާ ނިންމާ ވަޒީފާގެ ބާޒާރަށް ދަރިވަރުން ނިކުތުމުގެ ކުރިން ފުލުހުންގެ ތަމްރީނު އެކުދިންލައްވާ ހަދުވުން މިހާރު މުހިންމުކަމަށް ހަސައްޓޭ ވިދާޅުވިއެވެ. އަދި އެފަދަ ތަމްރީނެއް ދެވިއްޖެނަމަ ދަރިވަރުންގެ އަޚުލާގު ރަނގަޅުވެ ކުދިން ހޭލުންތެރިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މި ރާއްޖޭގައި ބޮޑުވަމުން އަންނަ ދަރިވަރުންނަށް އަމާން މާހައުލެއް މިއަދު އަޅުގަނޑުމެން ދައްކައިދޭން ބޭނުންކަމަށް ވާނަމަ ކިޔަވައި ނިމިގެން ވަޒީފާގެ ބަދަލުގައި ފުލުހުންނާއި ސިފައިން ގޭގައި އެއް އަހަރު ދުވަހުގެ ނަމަވެސް ތަމުރީނެއް ހަދުވާ އަޚުލާގެއް ދަސްކުރުވުން އަޅުގަނޑު ގޮވާލަން. ދުނިޔޭގެ އެހެން ގައުމުތަކުގައި، ސިންގަޕޫރު ފަދަ ގައުމުތަކުގައި ކިޔަވާ ނިމިގެން އެއް އަހަރު ނޫނީ ދޮޅު އަހަރު ނުވަތަ އެ އޮންނަ މުއްދަތަކަށް ވަދެގެން އެކަންކަން އެބަ ކުރޭ"

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު

ހަސަންޓޭ ވިދާޅުވީ މިހާރު މި ތިބެވެނީ މުޅި ޒުވާން ޖީލު ދާނެ ދިމާލަކަށް ދާން ދޫކޮށްލައިގެންކަމަށެވެ. އަދި ދަރިން ދަނީ ކޮން ތާކަށްތޯ މައިންބަފައިންނަށްވެސް ރަނގަޅަށް ނުބެލޭކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެކަންކަން ފާހަގަކުރައްވަމުން ހަސަންޓޭ ވަނީ ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރެވެމުން ނުދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އިހުމާލުވާކަމަށާއި، އެކަމުގެ ސަބަބުން ކުށުގެ ވެށި ބޮޑުވެ ފުޅާވަމުން ދާކަމަށް ހަސަންޓޭ ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވަނީ ޒުވާން ޖީލަކީ ހަރުދަނާ އަޚުލާގެއްގެ މަތީގައި ތިބި ބަޔަކަށް ހެދުމަށް ހުރިހާ ސިޔާސީ ޕާޓީތަކުންނާއި، ދައުލަތުގެ އެކި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި އެ މަގުން މަސައްކަތް ކުރެވިގެން ނޫނީ، އަމާން ރައްކާތެރި ވެއްޓެއް ގާއިމު ނުކުރެވޭނެކަމަށް ހަސަންޓޭގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.