އާދަމް ޝަރީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
21 Sep 2022 | 11:51
ގައުމީ ފަތުވާ މަޖިލިސް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް!

ދައުރު ހަމަވެފައިވާ ގައުމީ ފަތުވާ މަޖިލިސް އަލުން އަނބުރާ އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާއިފިއެވެ. 

މަޖިލީހަށް އެ ގަރާރު ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ. 

ގައުމީ ފަތުވާ މަޖިލީހަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ގާނޫނަކުން ބާރުވެރިކަން ހޯދައިގެން އުފައްދާފައިވާ އުފައްދާފައިވާ މަޖިލީހެކެވެ. 

އެހެން ނަަމަވެސް ގައުމީ ފަތުވާ މަޖިލީހުގެ ދައުރުހަމަވެގެން ދިޔައިރުވެސް، އެ މަޖިލީހަށް މެމްބަރުން އައްޔަންކޮށްފައެއް ނުވެއެވެ. 

އާދަމް ޝަރީފު ހުށައެޅުއްވި ގަރާރުގައި ވަނީ އެކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި ދީނީ ޚިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވެ ދީނީ ގޮތުން ޚިލާފު އިފެދޭ މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮޅި އެކި މީހުން އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި ޖިނާއީ މައްސަލަތައް އުފެދި ޖިނާއީ ކުށްތަކަށް އަރައިގަނެ މީހުންގެ ލޭ ހުއްދަކޮށް ނިރުބަވެރި އަމަލުތައް ހިންގާ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުން ދާއިރުވެސް އެކަންކަން ހައްލުކޮށް ދީނީ އެއްބައިވަންތަކަން ގާއިމުކުރާނެ ގައުމީ ފަތުވާ މަޖިލީހެއް ނެތްކަމަށެވެ. 

އެހެންކަމުން ދީނީ އެއްބައިވަންތަކަށް ގާއިމުކޮށް، ދީނީ ކަންކަމާއި ގުޅިގެން ސަރުކާރާއި ރައްޔިތުންނަށް ފަތުވާ ދެއްވާނެ، ނުވަތަ ފަހުބަސް އިއްވާނެ ގައުމީ ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންކޮށް އެ މަޖިލީހުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށޭނެ އިންތިޒާމުތައް ހަމަޖައްސާދިނުމަށް އާދަމް ޝަރީފުގެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ. 

އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރު މަޖިލީހުން ވަނީ ބަލައިގެންފައެވެ. އެގޮތުން އެ ގަރާރު ބަލައިގެންފައިވަނީ ގަރާރަށް ވޯޓުދެއްވި 38 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ވޯޓާއެކުގައެވެ. 

އެ ގަރާރަށް މަޖިލީހުގައި މެމްބަރުން ވާހަކަދައްކަވާ، ގިނަ ހުށައެޅުންތަކެއް ހުށައަޅުއްވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ދީނީ އެއްބައިވަންތަކަން ގާއިމުކުރުމަށް، ދީނީ ގޮތުން ޚިޔާލު ތަފާތުވުންތައް އުފެދިގެންދާއިރު ފަހުބަސް ވިދާޅުވާނެ ބަޔަކު ތިބުން މުހިންމުކަންވެސް މެމްބަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ