މެމްބަރު ހުސެއިން މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
21 Sep 2022 | 17:07
ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރީ އެކަން އެހެން ބައެއްގެ ބޮލަށް ޖަހަން: ހުސެއިން

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަޒީފާއާއި ބެހޭ ގާނޫނު އިސްލާހުކުރީ އެކަން އެހެން ބައެއްގެ ބޮލަށް ޖެހުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. 

މެމްބަރު ހުސެއިން އެފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ވަޒީފާއާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހާއި ގުޅޭގޮތުން މަޖިލީހުގެ ކޮމެޓީއިން ނިންމި ގޮތާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައެޅުން ފަސްކުރުމަށް އިގްތިސާދީ ހާލަތު ބަހަނާއަކަށް ހަދަމުންދާކަމަށެވެ. ކޯވިޑް ނަވާރައިގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ރާއްޖޭގައި ފަތުރުވެރިން ތިބި ކަމަށާއި، އިގްތިސާދު ރަނގަޅުކުރުމަށް މިހާތަނަށް ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއި ގުޅުވާ މެމްބަރު ހުސެއިން ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމަށް ކޮމެޓީއިން ނިންމީ ދައުރު ނިމެންވާއިރަށްވެސް އިގްތިސާދު ރަނގަޅުކުރެވޭ އެއްވެސް ޔަގީންކަމެއް ސަރުކާރަށް ނެތުމުން، މިނިމަމް ވޭޖުގެ ކަންކަން އެހެން ބައެއްގެ ބޮލުގައި އެޅުވުމަށްކަމަށެވެ. 

"ބިލުގައި މި އޮތީ އެއްވެސް މުއްދަތެއް ނެތް ގޮތަށް ސަރުކާރުން ބޭނުން ވީމަ، ބޭނުން ދުވަހެއްގައި މިނިމަމް ވޭޖު ކަނޑައެޅޭގޮތަށް. މި ސަރުކާރަކަށް ހިޔެއް ނުވޭ އިގްތިސާދު އަރައިގަންނާނެހެން މިޔޮއް އަހަރެއްހާ ދުވަސްތެރޭގައި. އެހެން ވީމަ މިކަން އެހެން ބައެއްގެ ބޮލަށް ކަނޑާލުމުގެ ގޮތުން ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް"

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން 

ދިބޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމަށް ހުށައެޅި ބިލާއި ގުޅޭގޮތުން މަޖިލީހުގައި ހޫނު ގަދަ ބަހުސްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން ހުށައެޅި ގޮތަށް އެ ބިލު އިސްލާހުކުރުމަށް ކޮމެޓީއިން ނިންމާފައެވެ. 

އަދި އެގޮތަށް ނިންމާ ކޮމެޓީއަށް ހުށައެޅި ރިޕޯޓުވެސް ވަނީ މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ