ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
10 Oct 2022 | 14:19
ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައިގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ: ރައީސް ނަޝީދު

ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައިގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާ، އެކަން އެގޮތަށް ނުވާނެ ކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނަށް ދޭ ލިވިން އެލަވަންސް ބޮޑުކޮށް، އެމީހުންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ، އެ ބިލު މިފަދަ ދަނޑިވަޅެއްގައި ހުށަހަޅާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށާއި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީއަތް ތަކަށް ނުފޫޒް ފޯރުވުމަށް ކަމަށެވެ. 

"750 މިލިއަން ރުފިޔާ އެބަ ޕޮކެޓް ކުރޭ ރީޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު. މިއީ ހިނގާ ކަމެއް. އިއްޒަތްތެރި ރާއީސް ވެސް މިކަންތައް ތަންކޮޅެއް ގާތުން އެބަ ޖެހޭ ބައްލަވަން. އެހެންވީމާ އަޅުގަނޑު މި ދެންނެވީ މިކަންކަމުގައި ނެތޭ ރަނގަޅު ނިޔަތެއް. ފަނޑިޔާރުންނަށް ދޭކަށް ނޫން މިއުޅެނީ އިއްޒަތްތެރި ރައީސް. ފަނޑިޔާރުން ބޭނުންވާ ވަކި ބަޔަކަށް ދޭނެކަމަށް ޔަގީން ކަމެއް ދީގެން ރައީސް ޔާމީނާ ދޭތެރޭގައި ނުހައްގުން ހުކުމް ކުރުވަން ބޭނުންވަނީ. އެއް ކަމަކަށް. ދެވަނަ ކަމަކަށް ރިޔާސީ އިންތިހާބަށް ސަރުކާރުން ބޭނުންވާ އެއްބާރުލުމެއް ފަނޑިޔާރު ގެއިން އިންތިޒާމް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ އިއްޒަތްތެރި ރައީސް." 

މެންބަރު އަހުމަދު ޝިޔާމް 

މީގެ އިތުރުން ވެސް އެމްޑީޕީ ނޫނީ ފަނޑިޔާރަކު ރަހީނުކުރި ޕާޓީއެއް ނޯންނާނެ ކަމަށާ، ފަނޑިޔާރަކު ރަހީނު ކޮށްގެން ވެރިކަމުން ފައިބަން ޖެހުނު ޕާޓީއެއް އެމްޑީޕީ ނޫނީ ނޯންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމްގެ މި ވާހަކަ ތަކަށް ރައްދުދެއްވަމުން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، ފަނޑިޔާރުންގެ ބިލަކީ ފަނޑިޔާރުންނަށާއި، ރިޔާސީ އިންތިހާބަށް ނުފޫޒް ފޯރުވުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް މެންބަރުން ފާހަގަ ކުރެއްވި ނަމަވެސް، ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައި ތަކެތި ދީގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރަނގަޅަށް އެނގިގެން ގޮސްފައިވާ ކަމަށެވެ. 

އަޅުގަނޑު ހިތުން، އިއްޒަތްތެރި މެންބަރުންނަށް ވަރަށް ސާފުވެފައި އޮތީ 2018 ގެ ރިޔާސީ އިންތިހާބުގައި، ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައިގެން، އަދި ތަކެތި ބަހައިގެން، އަދި ރިޝްވަތު ދީގެން އެއީ ވޯޓު ލިބޭ ކަމެއް ނޫންކަން. އިއްޒަތްތެރި މެންބަރު ފާހަގަކުރި ހުރިހާ ކަމެއް އަލިފުން ޔާ އަށް 2018 ވަނަ އަހަރުގައި ބާރަށް ހިނގަމުންދިޔަ. އެހެން ނަމަވެސް ރައްޔިތުންގެ ވޯޓެއް، އޭގެ ސަބަބުން ލިބުގެން އައި ތަނެއް ނުފެނޭ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

އެހެން ކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން އަދި ޕާޓީތަކުންވެސް އެ ނުކުތާ ވަރަށް ރަނގަޅަށް ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.