މެމްބަރު އަހުމަދު އަބްދުﷲ މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 12:37
ބައި-އިލެކްޝަންތަކަށް ވަގުތު ހުސްކޮށްފައި އެހެންކަމެއް ކުރާކަށް ވަގުތެއް ނޯވޭ: އަހުމަދު އަބްދުﷲ

އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމަކީ ތަރައްގީއަށް ކުރަން ހުންނަ މުހިންމު މަސައްކަތްތައް ކުރުމަށް ގިނަ ވަގުތުތަކެއް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ސިފަކުރައްވާ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު ފާޑުވިދާޅުވެއްޖެއެވެ. 

އަހުމަދު މިފަދައިން ފާޑުވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

އަހުމަދު ވިދާޅުވީ އުސޫލުތަކާއި ގަވައިދުތަކަށް އަބަދުވެސް އިސްލާތުތައް ގެނައުމަކީ ކުރައްވަން ޖެހޭކަމެއްކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ހިންގުމަށް މަސައްކަތް ކުރާއިރު ގާތް ގާތުގައި ބައި-އިލެކްޝަންތައް ބާއްވަން ޖެހުމަކީ ގިނަ ޚަރަދުތަކެއް ހިނގާކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކުރަންވެސް ޖެހޭކަމަށެވެ. 

އެހެން ނަމަވެސް މިހާރު ފެންނަމުންދާ ކަންކަމަށް ބަލާއިރު، ގިނަ ވަގުތު ހުސްކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކޮށްގެން ގާތް ގާތުގައި ބައި-އިލެކްޝަންތައް ބާއްވާއިރު، އޭގެން ނިކުންނަ ނަތީޖާ، ފައިދާއަށް ވުރެ ގެއްލުން ބޮޑުކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި މިކަމަށް މިނޫން ގޮތެއް ހޯދުމުގެ މަސައްކަތަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެއްވިއެވެ. 

"މި ދެންނެވި އިންތިޚާބުތައް މި ގޮތަށް ބޭއްވުމަކީ އެއީ މިއަދު އަޅުގަނޑުމެންގެ މާލީ ނިޒާމަށް މިއަދު ބެލިކަމުގައި ވީނަމަވެސް، އަދި ހިންގުމުގެ ނިޒާމަށް މިއަދު ބެލިކަމުގައި ވީނަމަވެސް އޭގެން ނިކުންނަ ރަނގަޅު ނަތީޖާއަށް ވުރެން، އޭގެން ނިކުންނަ ރަނގަޅު ނޫން ނަތީޖާ ބޮޑުކަމެއް. މާނައަކީ އަޅުގަނޑުމެން އެންމެން މި ދެންނެވި މަސައްކަތަށް ހުސްވެ މުޅި ރާއްޖޭގައި މި މަސައްކަތް ކުރަން ތިބުމަކީ ދެން ހުރި އެހެން މަސައްކަތްތަކަށް ހީނަރުކަން ލިބި ނޫނީ، އުނިކަމެއް އަތުވެދާނެކަމެއް"

 ބާރަށު ދާއިރާގެ މެމްބަރު އަހުމަދު 

އަހުމަދު ގެ ވާހަކައިގައި ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، އަދި ޚަރަދުތައް ކުޑަކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވާ ގޮތަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. 

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ މި އިސްލާހުގައި ވާގޮތުން، އިންތިޚާބީ ގޮނޑިއެއް ހުސްވުމަށްފަހު، އެ ގޮނޑިއަށް މެމްބަރަކު އައްޔަންކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވާ މުއްދަތު ވަނީ 365 ދުވަހަށް އިތުރުކޮށްފައެވެ. މި އިސްލާހު ފާސްވެއްޖެކަމަށް ވާނަމަ، ދެން ބައި-އިލެކްޝަން ބާއްވަން ޖެހޭނީ އަހަރަކު އެއްފަހަރުއެވެ. 

އެހެން ނަމަވެސް، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ހަވަވާވަރަށް މެމްބަރުން ނެތްކަމުގައި ވާނަމަ، މިހާރުވެސް މެމްބަރުން އައްޔަންކުރުމަށް އޮންނަ އުސޫލުގެ ތެެރެއިން ބައި-އިލެކްޝަންތައް ބޭއްވޭނެކަމަށް މި އިސްލާހުގައި ބަޔާންކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ