ޝާހިލް ކްރައިމް ސީންއިން
ހަބަރު
15 Oct 2022 | 11:44
ޝިއާއު މަރުވި ފަހުން ވެސް ބޮޑެތި އަނިޔާތަކެއް ދީފައި ވޭ: ފުލުހުން

ހ. ޝީރީން ވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފުލުހުން ހާމަކޮށްފިއެވެ. 

އެ މައްސަލައާއި ގުޅޭގޮތުން މިހާތަނަށް ހޯދުނު ހޯދުންތައް ހާމަކުރުމަށް ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޝިއާއު މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދެނެގަނެވިފައިވާކަމަށެވެ. 

"ޕޯސްޓްމޯޓަމުގެ ނަތީޖާތަކަށް ބަލާއިރު، ޝިއާއުގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކަކީ ގަސްތުގައި ދީފައި ހުރި އަނިޔާތަކެއް ކަން ޕޯސްޓްމޯޓަލް ރިޕޯޓުން އެބަ ދަލީލު ކޮށްދޭ، އެ އަނިޔާތަކުގެ ސަބަބުން ކަމަށް ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެގޮތުން ގިނަ ހަމަލާތަކެއް ދީފައި ހުރި ކަން ވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ވަގުތީ ނަތީޖާއިން މިހާތަނަށް އެނގޭ"

އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް

ފުލުހުން ބުނީ ޝިއާއުގެ މަރާއި ގުޅިގެން ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލި ސަބަބު ނުވަތަ މޯޓިވް ކަށަވަރުކުރެވިފައި ނުވާކަމަށެވެ. 

ޝާހިލްގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދިން ނަމަވެސް، ސީދާ އެ މައްސަލައިގައި އޭނާ އެކަށީގެންވާ މައުލޫމާތުތައް ހިއްސާކުރަމުން ނުދާކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލައާއި ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ މޯޓޮވް ދެނެގަތުމުގެ މަސައްކަތްކަން ފުލުހުން ހާމަކުރިއެވެ.

އެގޮތުން މިހާރު ޝާހިލްގެ ފޯނުގައި ހުރި ޑޭޓާ އެކްސްޓްރެކްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި އެ ޑޭޓާތަކުގެ އަލީގައި މޯޓިވް ދެނެގަނެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން މިހާތަނަށް ބެލި ބެލުމުން ނަސްފާނީ އެއްވެސް މައްސަލައެއް ޝާހިލްގެ ނެތްކަން ފާހަގަވެފައިވާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ފުލުހުން އިތުރަށް ބުނީ ކުރިއަށް އޮތް ދެ ހަޕްތާ ތެރޭގައި އެ މައްސަލައާއި ގުޅިގެން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވޭނެކަމަށެވެ. އަދި އެހާތަނަށް އެމަރުގެ މޯޓިވް ދެނެގަނެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ