އެމްއެމްއޭގެ ގަވަރުނަރު ހާޝިމް/ ފޮޓޯ: އަވަސް
ހަބަރު
20 Oct 2022 | 10:58
އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅުމަށް މަރުކަޒީ ބޭންކު ދެކޮޅު

2023 ވަނަ އަަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅުމަކީ މައުކަޒީ ބޭންކު (އެމްއެމްއޭ) އިން ރުހޭކަމެއް ނޫންކަން ހާމަކުރައްވައިފިއެވެ. 

ސަރުކާރުން ދަނީ އަންނަ އަހަރަށް ހުށަހަޅާ 40.5 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓެއް ވެސް މަޖިލީހަށް ފޮނުވަން ތައްޔާރު ވަމުންނެވެ. ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާ ސަބަބެއް ކަމަށް ފިނޭންސުން ނެރުނު ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2023 - 2025 ގައިވާ ގޮތުން، އަންނަ އަހަރު ހަރަދު ހުންނާނީ 39.7 ބިލިއަން ރުފިޔާގަ އެވެ.

އެހެންކަމުން މިއީ ކުރިން އަންދާޒާކުރި ހަރަދަށްވުރެ 16.5 ޕަސެންޓް އިތުރުވުމެއް ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް އަންނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އެއް އެއްވަރެއްގައި ހިފެހެއްޓި، ބަޖެޓުގެ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒު ކޮށްފިނަމަ ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުން ނުވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. 

އެމްއެމްއޭއިން މިފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުންނެވެ. 

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަޅައިފިނަމަ މިއީ މި ސަރުކާރުން ހުށަހަޅާ ތިންވަނަ ސަޕްލިމެންޓްރީ ބަޖެޓެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން 2019 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ. އަދި 2021 ވަނަ އަހަރަށް ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރު ވެގެން ދެ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ.

އެމްއެމްއޭއިން ބުނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅަން ޖެހޭ ސަބަބުތަކަށް ބަލާއިރު، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ފޯރު ކޮށްދިނުމަށް ކުރިން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ހަރަދު ކުރަން ޖެހުން ހިމެނެ އެވެ. އަދި ސަރުކާރުގެ ހަރަދު ހަމަޖެއްސުމާއި އާމްދަނީ ހޯދުމަށް ގެންނަން ޖެހޭ ގާނޫނުތައް ލަސްވުމާއި ތަންފީޒު ކުރަން ޖެހޭ ތަންފީޒު ނުވުން ފަދަ ސަބަބުތައް ހިމެނޭކަމަށެވެ. 

އެހެންނަމަވެސް، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ފާއިތުވެދިޔަ އަހަރުތަކުގައި ބަޖެޓަށް ކުރެވުނު އާމްދަނީ އާއި ހަރަދާއި ފައިނޭންސިންގެ މައްޗަށް ރިއާޔަތްކޮށް ފާސް ކުރަން ޖެހޭ ގާނޫނުތަކާއި ތަންފީޒު ކުރަން ޖެހޭ ގާނޫނުތައް ހަރުދަނާކޮށް ތަންފީޒު ކުރެވިއްޖެނަމަ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި އަންނަ އަހަރުގެ ހަރަދުތައް ހަމަޖެއްސޭނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. 

ވަކިން ހާއްސަކޮށް 2018 ވަނަ އަހަރަކީ ވެސް ރިޔާސީ އިންތިހާބު އޮތް އަހަރަކަށްވެފައި އެ ފަހަރު ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި ނެތްކަން މަރުކަޒީ ބޭންކުން ވަނީ ފާސްކޮށްފައެވެ. 

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަޅައިފިނަމަ މިއީ މި ސަރުކާރުން ހުށަހަޅާ ތިންވަނަ ސަޕްލިމެންޓްރީ ބަޖެޓެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން 2019 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ.

އަދި 2021 ވަނަ އަހަރަށް ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރު ވެގެން ދެ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ.

އެއާއެކު މިއަންނަ އަހަރުގެ ބަޖެޓާއެކު ހުށައެޅުމަށް މަސައްކަތް ކުރަނީ މި ސަރުކާރުގެ 3 ވަނަ ސަޕްލިމަންޓްރީ ބަޖެޓުކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
މިއަދު
ސަރުކާރުން 2023ގައި ސަޕްލިމެންޓުރީ ބަޖެޓެއް ހުށައެޅުމުގެބޭނުމަކީ ރިޔާސީ އިންތިހާބަށް ރީތިއަމަލުން ނުފޫޒުވުން
20 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.