މިނިސްޓަރު އަހްމަދު މަހްލޫފް އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Oct 2022 | 09:45
ކުރީ ސަރުކާރަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދައިފި: މަހްލޫފް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފަސް އަހަރު ތެރޭ އުފައްދާފައިވާ ވަޒީފާ ތަކަށްވުރެ ގިނަ ވަޒީފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން 5 އަހަރުތެރޭ އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މަހްލޫފް ވިދާޅުވީ، ކުރީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އުފައްދާފައި ވަނީ 18،000 ވަޒީފާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް މިވީ ހަތަރު އަހަރުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު މަހްލޫފް ވިދާޅުވީ، މީގެ ކުރިން، އޭނާއަށް ޔޫތު ސިފަވެފައި އޮތީ ވަރަށް ކުޑަ މާބޮޑު މަސައްކަތްތަކެއް ނުކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން އެ ވިސްނުން ބަދަލުކޮށްލާފައިވާ ކަމަށާ، ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށާއި ޒުވާނުންގެ ތަރައްގީއަށް އެ މިނިސްޓްރީން މިހާރު ވެސް 550 އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ކަން މަހްލޫފް ފާހަގަކުރެއްވިއެވެ. 

"ނަމަވެސް މިއަދު މި ޕޯޑިއަމް ކައިރީގައި ހުރެ އަޅުގަނޑު ވާހަކަ ދައްކާއިރު، މި ސަރުކާރުގައި ހިންގާ ޕްރޮޖެކްޓުތަކުގައި ވެސް ދެވަނަ އަށް އެންމެ ގިނަ މަސައްކަތްކުރާ މިނިސްޓްރީ އަކީ މި މިނިސްޓްރީކަން އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ، އެހެން މިނިސްޓްރީ ތަކުން ކުރަމުންދާ މަސައްކަތްތަކުގެ ވެސް ބޮޑު ބައެއް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ކަމަށާ، މި ސަރުކާރުން ފަހިކޮށްދެމުން އަންނަ ތައުލީމާއި ވަޒީފާ އާއި އަދި ތަރައްގީގެ މަސައްކަތްތަކުގައި ޒުވާނުންގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށެވެ. 

"ޒުވާނުންނަށް ކިޔެވުމުގެ މަގުފަހިކުރުމަށް ސްޓޫޑެންޓް ލޯނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ. އަދި 1.7 ބިލިއަން ރުފިޔާ، 1،119 އެސްއެމްއީ ލޯނަށް ދީފައިވާއިރު، މީގެ ތެރެއިން 400 ލޯނަކީ ސީދާ ޒުވާނުންނަށް ދީފައިވާ ލޯނުތައް،" މަހްލޫފު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.