ކްރިމިނަލް ކޯޓު
ހަބަރު
24 Oct 2022 | 12:03
ޑްރަގު ކޮތަޅަކާ ހަވާލުވި މީހެއް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މީހަކު ރައްކާކުރަން ހަވާލުކުރި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، ސްރީ ލަންކާ މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ރާއްޖޭގައި ވަޑިއެއްގެ މަސައްކަތް ކުރަމުން އައި ސްރީލަންކާގެ ރަނަސިންގް ޓެއްސާ ހެވަ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ކެނަބިސް ބޭނުން ކުރުމާއި ކެނަބިސް ޓެރެފިކް ކުރުމުގެ ދައުވާއެވެ. 

މި ދެ ދައުވާގެ މައްސަލަ ވެސް ވަކިވަކިން ކުރިއަށް ގެންގޮސްފައިވާއިރު, ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ މީނާގެ މައްޗަށް އުފުލާފައިވަނީ، 5 މާރިޗު 2020 ގައި 13:10 ހާއިރު، އޭނާ މާލޭގައި ދިރިއުޅޭ ގ.ރާޑޯ ގޭގޭ ފުރަތަަމަ ފަންގިފިލާގައި މަސްތުވާތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރި ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ އެއްޗެހި ނަގައި ތަހުލީލު ކުރިއިރު އެ އެއްޗެހި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ. 

ރަނަސިންގްގެ މައްޗަށް ކޮށްފައިވާ މި ދައުވާ އަށް އޭނާ އިންކާރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ކުށް ސާބިތުވާ ކަމަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ 3 އަހަރު ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. 

ރަނަސިންގްގެ މައްޗަށް ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ގައި ދައުލަތުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރަނަސިންގް ދިރިއުޅޭ ތަން ބަލާފާސްކުރުމުން މަސްތުވާތަކެތި އަޅާފަައި ހުރި 12 ފިލްމު ހުސްކުރި ދަޅު ފެނިފައިވާ ކަމަށެވެ. އަދި އެ ދަޅުތަކުގައި 306 ގްރާމުގެ ކެނެބިސް ހުރިއިރު އެ ތަކެތި ހުރި ކޮތަޅު އެ މީހުންނަށް ދެއްކީ ރަނަސިންގްއެވެ. އޭގެ އިތުރުން ދަމާ ވަތްގަނޑެއްގެ ތެރެއިން 0.7 ގްރާމުގެ ކެނެބިސް ވެސް އެކޮޓަރިން ފެނިފައިވާކަމަށެވެ.

މި މައްސަލާގަައި ދައުލަތުން ރަނަސިންގްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ކުރުމަށް އޭނާ އުޅޭ ގެއަށ ދިޔަ ފުލުހުންނާއި ފޮރެންސިކް ރިޕޯޓުތައް ތައްޔާރުކުރި ފުލުހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

ރަނަސިންގްހެ މައްޗަށް ކުރި އެ ދައުވާއަށް އިންކާރުކޮށް އެކަން ސާބިތު ކުރުމަށް އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ތަނުގެ ސުޕަވައިޒަރާއި އޭނާއާ އެކީ ދިރިއުޅެމުން ދިޔަ މީހުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

އޭނާ ޝަރީއަތުގައި ބުނީ އެތަނަކީ އޭނާގެ އިތުރުން އެހެން ބަޔަކު ވެސް ދިރިއުޅެމުން ދިޔަ ތަނަކަށް ވާތީ، އެއީ އޭނާގެ ތަކެތި ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.

ނަމަވެސް ޝަރީއަތުގައި ހެކި ބަސް ދިން ފުލުހުންގެ ހެކި ބަހުން އެނގޭ ގޮތުގައި މަސްތުވާތަކެތި ހުރި ކޮތަޅު ދެއްކީވެސް ރަނަސިންގްއެވެ. އަދި އެއީ "ލޫތު" ނަމަކަށް ކިޔާ މީހަކު އޭނާ އަތަށް ދީފައި ހުރި ކޮތަޅެއް ކަމަށް އެ ވަގުތު އެ ތަނުގައި ތިބި ފުލުހުން ގާތު އޭނާ ބުނިކަމަށްވެސް ފުލުހުން ޝަރީއަތުގައި ބުނެފައިވެއެވެ.

ރަސިންގް ވަނީ އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ވަށައިގެން ހުރި ކަންކަމާއި ހެކި ބަހުން، މިއީ އޭނާއަށް އެނގިގެން އެ ތަނުގައި ބަހައްޓާފައި ހުރި މަސްތުވާތަކެތިކަން ސާބިތުވާ ކަމަށް ނިންމާފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ ދިފާއުގައި ހުށަހަޅާފައިވާ ހެކިތަކުން ދައުވާއިން އެމީހާ ބަރީއަނުވާ ކަމަށާއި، މި މަސްތުވާތަކެއްޗަކީ ރަނަސިންގްގެ ބެލުމުގެ ދަށުގައި ހުރި އެއްޗެހިކަން ސާބިތުވާކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ ރަސިންގް 100،000ރ. އިން ޖޫރިމަނާކުރުމާއިއެކު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. ނަމަވެސް ރަނަސިންގް ބަންދުގައި ހޭދަކުރި ދެ އަހަރާއި ހަތް މަހާއި 17 ދުވަސް އުނިކުރުމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.