މަޖިލީހުގެ ބޮންޑެ ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 13:15
މޮރިޝަސް ކޮޅަށް ޗާގޯސް މައްސަލަ ނިންމައިފިނަމަ މަސްވެރިކަމުގެ ސިނާއަތް އަޅުވެތިވާނެ: އިބްރާހިމް ރަޝީދު

މޮރިޝަސްކޮޅަށް ޖެހިގެން ޗާގޯސް މައްސަލަ ނިންމައިފިކަމަށް ވާނަމަ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަޅުވެތިވާނެކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ވިސްނުން ބަދަލު ނުކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައަޅުއްވާފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ. 

ބޮންޑެ ވިދާޅުވީ ފޯޅަވެހި ގެއްލިގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއް ލިބޭނެކަމެއް ކަމަށެވެ. އަދި މިހާރުވެސް މޮރިޝަށްގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ބޮންޑާ ވަނީ އަލިއަޅުވާލައްވާފައެވެ. 

"އަޅުގަނޑުމެން މިހާރު ގޭ ދޮށު މަސް ފެކްޓްރީ ހަދައިގެން ޕްރެސެސްކޮށް މަސް ބަންދުކުރަން ނިންމި ނިންމުން މިހާރު އަޅުގަނޑުމެންނަށް އީޔޫއިން ދީފައި އޮންނަ އިނާޔަތުގެ ތެރެއިން އަޅުގަނޑުމެންނަށް އޮންނަނީ 22 ޕަސެންޓު، އެހެން ނަމަވެސް މޮރިޝަސްއަށް ސުން ޕަސެންޓު. މީގެ ނަތީޖާއަކީ ދިވެހިރާއްޖޭގެ މަސް ޕްރޮސެސްކުރަން މި ގެންދަން ޖެހެނީ މޮރިޝަސްއަށް، މިއަހަރު ކުރީކޮޅު މޮރިޝަސްއަށް 1000 މެޓްރިކް ޓަނުގެ މަސް ގެންދިޔަ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަޅުވެތިވާނެ މިހެން ހަަދައިފިއްޔާ"

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ބޮންޑެ އިތުރަށް ވިދާޅުވީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ސަރަހައްދެއްކަން އެނގޭ ތާރީހީ ލިޔުންތައް މިހާރުވެސް ފެންނަން ހުރިކަމަށެވެ. ދިވެހިރާއްޖެއަށް އެ ސަރަހައްދު ގެއްލުނީ އިނގިރޭސިންގެ އިސްތިއުމާރުގެ ބާރުދަށަށް ރާއްޖެ ދިއުމާއި ގުޅިގެންކަމަށް ބޮންޑެ ވިދާޅުވިއެވެ. 

ބޮންޑެ ވިދާޅުވިގޮތުގައި އިސްތިއުމާރު ކުރެވިފައި އޮތީ މޮރިޝަސްކަމަށް ބުނެ ޗާގޯސް މައްސަލައިގައި މޮރިޝަސްކޮޅަށް ޖެހުމަކީ ފޯޅަވަހި ސަރަހައްދަކީ ރާއްޖޭގެ ސަރަހެއްދެއް ނޫންކަމަށް އެއްބަސްވުންކަމަށެވެ.

އަދި މިއީ ވަރަށް މަކަރުވެރި ގޮތަކަށް މޮރިޝަސް ސަރުކާރުން ދިވެހި ސަރުކާރުލައްވާ ކޮށްފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.