ރައީސް ނަޝީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
01 Nov 2022 | 13:13
ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅި ގޮތާއި މެދު ރައީސް ނަޝީދު ނުރުހުން ފާޅުކޮށްފި!

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓާއި މެދު މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބަޖެޓު ހުށައަޅުއްވަމުން ވިދާޅުވެފައެވެ. 

މިއަދު މަޖިލިސް ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅިއިރު ހުށަހެޅީ 36.9 ބިލިއަން ރުފިޔާ ކަމަށާއި އަދި އޭގެ ތެރެއަށް މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު 43 ބިިލިއަން ރުފިޔާއަށް އިތުރުވީ ކަމަށެވެ. އަދި ނަޝީދު ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. 

"މިއީ ކަން ހިނގަންވާނެ ގޮތް ނޫންކަން ގާނޫނުން ވެސް އެނގޭ. އަޅުގަނޑު ދެކޭގޮތުގައި މިއީ މައްސަލައެއް. އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ހަނދުމަފުޅުކޮށް އަރުވަން ޖެހޭ ނުކުތާއެއް. މިއީ މަޖިލީހުގެ ކަންތައްތައް ހިނގަމުންދާނީ އިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން. އެހެން ނަމަވެސް ސަރުކާރުން ހުށަހަޅުއްވާ ބިލުތަކާ ބަޖެޓާ ގަރާރާ އަދިވެސް މި ބާވަތުގެ ކަންކަން ގާނޫނޫ އޮނިގަނޑުގެ ތެރެއިން ނުހިންގޭކަމުގައި ވަނީނަމަ އަޅުގަނޑު ދެކޭގޮތުގައި ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ އަތުން ކަންކަން ގެއްލެމުންދާ މިންވަރު ބޮޑުވާނެ."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ޖެހޭނީ އެ ބަޖެޓު ބޭނުންވާ ދުވަހުގެ މަސް ދުވަސް ކުރިން ކަމަށާއި އަދި އެ ބަޖެޓު ކުރިން މަޖިލީހުން ފާސްވެސް ކުރަން ޖެހޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި 2023 ގެ ބަޖެޓް ތެރޭގައި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖަޓަކަށް ވާ ފައިސާ ހިމެނޭނެ ގޮތެއް ނުފެންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެ މަސް ތެރޭގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރައްވާނެ ކަމަށް އެމަނިކުފާނަށް އަންދާޒާ ނުކުރެވޭކަމަށެވެ. 

އެހެންކަމުން މިހާތަނަށް އައިރު މަޖިލީހަށް ހުށައަޅުއްވާ ފާސްކުރުމެއް ނެތި އިތުރުވާ މިންވަރުގެ ތެރެއިން ޚަރަދުކުރެވިފައިވާ މިންވަރުވެސް ސާފުކުރަން ޖެހޭކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ނަޝީދު ވިދާޅުވީ ވަކި އިޖުރާތްތަކެއް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުން އިތުރުވީތީ ވަޒީރު ބޭފުޅުން ދެކިވަޑައިގަންނަވާ ފަސޭހަ ގޮތަށް ކަންކަން ކުރެއްވުމަކީ ޑިމޮކްރަސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި ކަރާމާތައްވެސް ލިބޭނެ އުނިކަމެއްކަމަށެވެ. 

ރައީސް ނަޝީދުވަނީ އެކަންކަމަށް މެމްބަރުން ފުންކޮށް ވިސްނުމަށްވެސް އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.